އިންޑިޔާގައި ރޭޕްގެ މައްސަލަތައް ކޮންމެ ދުވަހަކު ފެންމަތިވެއެވެ. މަހެއް ނުވާ ތުއްތު ކުދިން އިން ފެށިގެން މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހާވެސް އިންޑިޔާގައި ރޭޕް ކުރެއެވެ. މިފަހަރުވެސް އެފަދަ މައްސަލައެކެވެ.

އެއީ މީގެ މަހެއް ދުވަސް ކުރިއެވެ. އުމުރުން 20 އަހަރުގެ އަންހެނެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން އުޅެމުން ދިޔަައީ ފުން ހިތާމައެއްގައެވެ. ބަފައިގެ އާއެކު ދިރިއުޅެމުން އައީ ހިތްދަތި ދިިރިއުޅުމެކެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބަފައިގެ ރުޅީގެ ޝިކާރައަކަށް ވެއެވެ. ނަމަވެސް އޭނާގެ ދިރިއުޅުން އިތުރަށް ބަނަވެގެން ދިޔައީ އޭނާގެ ބަފައިގެ އޭނާ އެހެން މީހަކަށް ވިއްކާލުމުންނެވެ. 10،000 ރުޕީސް އަށެވެ.

ވިއްކާލި މީހާއާއެކު މި އަންހެން މީހާ އުޅެމުން އައީ އަޅު ދިރިއުޅުމެކެވެ. ކޮންމެ ދުވަހަކު އެތައް ފަހަަރަކު އެ ނުބައި މީހާ، އޭނާގެ ގަޔަށް ގަދަ ކަމުންއަރައެވެ. އެވަރުން ނުވެގެން އޭނާގެ ރަޙްމަތްތެރިންނާއެކުވެސް އެ އަންހެން މީހާ އާއެކުވަނީ ޖިންސީ ގުޅުން ހިންގާފައެވެ. އަދި ފައިސާ ހޯދުމަށް އެ އަންހެން މީހާ ދިޔައީ ކަސްބީ އަންހެނެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

މިއަނިޔާތަކަށް ކެތް ނުވެގެން މިމީހާ ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ޖައްސާފައެވެ. ވާނުވާ ވަރަށް ރަނގަޅަށް ކިޔާދީފައެވެ. ނަމަވެސް ފުލުހުން މިކަމަށް ދިނީ ބީރު ކަންފަތެކެވެ. އެންމެ ކުޑަ މިފުން އެފްއައިއާރވެސް ރިޕޯޓް ނުކުރިއެވެ.

މިވާހަކަތައް އިންޑިޔާގެ މީޑިޔާތަކާ މިމީހާ ހިއްސާކޮށްފައިވަނީ ބަލި އެދުގައި އޮވެއެވެ. އޭނާއަށް ލިބެމުން ދިޔަ އަނިޔާއަށް ކެތް ނުވެގެން އަމިއްލައަށް ގައިގައި ރޯކޮށްލީއެވެ. ގައިގެ 80 ޕަސެންޓް ވަނީ ފިހިފައެވެ. ވާހަކަ ދެއްކެނީ ކިރިޔާއެވެ. ނަމަވެސް އަދިވެސް އޭނާ އިންސާފް ބޭނުންވެއެވެ. އޭނާ ވިއްކާލި މީހާގެ ކިބައިންނެވެ. އެތަކެއް ފަަހަރު ރޭޕްކޮށްލި ޖަނަވާރުންތަކުގެ ކިބައިންނެވެ. މިވާހަކަތައް އަޑު ނޭހި ރަޙުމް ކުޑަ ފުލުހުންގެ ކިބައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަމާން

    މީ ގޮތްކުޑަ އަމަލަކަށް ނުވޭދޯ ވަގުތު ނޫސްވެރިންނަކަށް... މީ ޓެރަރިސްޓް އަމަލަކަށްވެސް ނުވޭދޯ... އެއީ ކާފަރުން ދަންނަ ކަމެއް ނޫން... ހަމައެކަނި މުސްލިމުންނަށް އެކަން ކުރަން އެނގެނީ މިއޮށްބޮޑު ދުނިޔޭގަވެސް... އަންހެނުންނާ ކުޑަކުދިން މަރަނީވެސް އައިއެސް އެކަނި.. ބަލަ މެރުމަށް ވުރެ ދިރިބަހައްޓައިގެން ތިމާއަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ މާބޮޑޭ... އެކަމަކު ކަލޭމެން ކާފަރުންނަށް ތިހެރަ ވާލޯތްބެކެވެ. ކަލޭމެންގެ އީމާންކަން ގިޔާމަތްދުވަހު މިނެވިގެން ދާއިރު ވާނީ ކިހިނެއްބާ

    4
    1
  2. Anonymous

    ހާދަ ހީވެޔޭ އައިއެސްއެސް ގެ ސަޕޯޓަރެއްހެން

    2
    4