"ހޭ. މީ ރަނގަޅު ގަޑިއެއްތަ ވާހަކަ ދައްކަން"

ފޯނަށް އައި މެސެޖް ހުޅުވާލުމަށް ފަހު އެއަށް ބަލާލީ ޒުވާން އަންހެނެކެވެ. އޭނާގެ އިނގިލިތަކުގެ އަވަސް ހަރަކާތުން މެސެޖަށް ރައްދުދޭނެ ޖަވާބެއް ލިޔެލާފައި، ސެންޑް ބަޓަން އަށް ފިއްތާލިއެވެ.

"ހައި. އާން. ވައި ވެގެން އޮށްވާ ތި މެސެޖް ކުރީވެސް"

އަނެއްފަރާތުން މެސެޖް ކުރަމުން ދިޔަ ފިރިހެނާގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

"ކޮން ނަމެއް ކިޔަނީ؟ އަސްލު ނަން. އިނގޭ 'ބަބްލީޝިއަސް' އަކީ އަސްލު ނަން ނޫންކަން. އަހަރެންނަށް ކިޔަނީ އަލްސަން. ބްރޫސް ވޭން އެއް ނޫން."

އަންހެން މީހާ ވިސްނާލިއެވެ. ނަން ބުނާނީ ބާވައެވެ؟ އަދި އެހާ ހިސާބަކަށް ނުވެސް ދެއެއް ނޫން ހެއްޔެވެ؟ އިރުކޮޅަކަށް ސަމާސާ ކޮށްލާނީއެވެ.

"ލަމް. އަހަރެންނަށް ކިޔަނީ ލަމް. އަލްސަން އުޅެނީ ކޮންތާކު؟"

ފިރިހެން މީހާ ބޯ ކަހާލުމަށް ފަހު އޭނާގެ ކަނާތް ފަރާތަށް ވަރަށް ނޫން ގޮތަކަށް ބަލާލިއެވެ. އޭނާގެ އަންހެނުން އޮތީ އަނެއް ފަރާތަށް އެނބުރިގެންނެވެ. ނޭވާ ލަމުން ދިޔަ ގޮތުން ހީވަނީ ގަދަ ނިންޖަކުން ނިދާފައި އޮތް ހެންނެވެ. މޫނު ކުނި ކޮށްލުމަށް ފަހު ފިރިހެން މީހާ އަނެއްކާވެސް ފޯނާދިމާލަށް ޝައުގުވެރި ބެލުމަކުން ބަލާލިއެވެ. އުނގުގައި ހުޅުވާފައި އިން ލެޕްޓޮޕް ގެ ސްކްރީން ސޭވާއަށް ނަޒަރުހިންގާލީމެވެ. އަންހެނުންނާއެކު ބޮޑު ޢީދު ޗުއްޓީއަކަށް ބާލީއަށް ގޮސް ނަގާފައި އިން ފޮޓޮއެކެވެ.

"މީ؟ އިންޑޮނޭޝިޔާގެ ޖަންގައްޔެއްގައި ކޭމްޕިން އަށް އައިސް."

ލިބިގެންދިޔަ ޖަވާބާއި އެކު އަންހެން މީހާ ނިތް އަރުވާ ލިއެވެ. ބޭއިޚްތިޔާރުގައި ތިރީ ތުންފަތުގައި ދަތް އެޅުނެވެ. ކޮޓަރިތެރެއަށް އެޅިފައިވާ މަޑު އަލިންނާ، ލައިގެން އޮތް ތުނި ނައިޓީ އިން އަންހެން މީހާގެ ހަށިގަނޑަށް ގެނުވަމުން ދިޔައީ ބުނަން ނޭނގޭ ކަހަލަ އިހުސާސެކެވެ. އޭސީ ގެ ފިންޏަށް ވުރެ މި ގޮތް ނޭނގޭ ފިރިހެނާގެ ވާހަކަތަކުން އޭނާގެ ހަށިގަނޑުން ހީބިހި ނަގުވާ ކަހަލައެވެ.

"އެކަނިތަ؟"

މި ސުވާލުން ފިރިހެން މީހާގެ ޝައުގުވެރިކަން އިތުރު ވެގެން ދިޔައެވެ. އަވަސް އަވަހަށް ޖަވާބު ލިޔުމަށްފަހު ފޮނުވާލިއެވެ. އަދި އެކޮޅުން އަންނާން މެސެޖަކަށް ކެތްމަދުވެފައިވާ ހާލު އިންތިޒާރު ކުރެވެމުން ދިޔައެވެ.

"އާން. މިއޮށް ބޮޑު ޖަންގަލީ އަހަރެން އެކަނި"

ކުޑަކޮށް ހެވޭ ގޮތް ވުމުން އަންހެން މީހާ ދެ ތުންފަތް ފިއްތާލިއެވެ. އޭނާގެ ފިރިމީހާއަށް އަޑު އިވިއްޖެއްޔާ ސުވާލު ކޮށްފާނެތީއެވެ. ފިރިމީހާގެ އަޑެއް ބަޑެއް ކޮޓަރިތެރެއަކުން ނީވެއެވެ. ރަނގަޅަކަށް ވިއްޔާ އޮފީހުން އައި ގޮތަށް ނިދީއެވެ. އޭނާގެ އެދުން ތަކެއް ހުންނަކަމެއް ފިރިމީހާ އަށް ނުވިސްނޭ ކަހަލައެވެ. ދުވާލުދާ ހަތަރު ދަމު އޮފީހުގަ އުޅެއުޅެފައި އައިސް ނިދަން އަރަނީއެވެ. އެންމެފަހުން އެ ހަށިގަނޑުގައި ބީހިލި ދުވަހެއް ވެސް ހަނދާނެއް ނެތެވެ. އަންހެން މީހާގެ އަތުގެ ހަރަކާތްތެރިކަން މިސްރާބު ޖެހީ އަމިއްލަ ހަށިގަނޑުގެ ވަނާ ތަކާ ދިމާލަށެވެ.

"ލަމް ވެސް މި އޮތީ އެކަނި"

ފިރިހެން މީހާގެ ހިތުގެ ވިންދު އަވަސް ވާން ފަށައިފިއެވެ.

"އެހެންތަ؟ ކޯއްޗެއް ލައިގެން ތިއޮތީ؟"

މި ސުވާލު ވެގެން ދިޔައީ އަންހެން މީހާގެ ދޮން ކޯތާފަތަށް ޖަންބު ކުލަ ގެނުވި ސުވާލަކަށެވެ. ދިގު ބާލީސް ނަގާ ގަޔާ ކައިރިކޮށް ބައްދާލިއެވެ. ޖަހަމުން ދިޔަ ބާރު ވިންދުގެ އަޑު ކަންފަތުން ކެނޑިގެން ނުދެއެވެ.

"އައި ސްލީޕް ނޭކެޑް"

އަނެއްފަރާތުން މެސެޖް ކުރަމުން އައި 'އަލްސަން'ގެ ނޭވާ ކުރުވެއްޖެއެވެ. ކަރުބުޑުގައި ތާށިވި ކަހަލައެވެ. އޭނާގެ އިނގިލި ތައް މަޑުމަޑުން މެއިން ފެށިގެން ތިރިއަށް ދަތުރުކުރަމުން ދިޔައެވެ. މަޑު ބީހުމަކާއެކުއެވެ.

"އޫހް. ހޮޓް"

އަލްސަން ގެ ޖަވާބު ކުރުނަމަވެސް 'ލަމް' ގެ މެސެޖުން އޭނާއަށް ގޮތެއް ވާނެކަން ލަމް ހުރީ ދެނެގަނެގެންނެވެ. އިތުރަށް ތަޅުވާލާނަމޭ ހިތާ މެސެޖެއް ކޮށްލިއެވެ. ޖަވާބު އަންނަން ސިކުންތެއްވެސް ނުނަގައެވެ. ބައި ގަޑި އިރެއްހާއިރު ހޭދަކުރީ އެކަކު އަނެކަކު 'ތެޅުވުމުގައެވެ'.

އަންހެން މީހާ ކުޑަކޮށް ހަމަހިމޭންވެލީ އޭނާގެ ފިރިމީހާ ބެޑްޝީޓަށް ދަމަންފެށީމައެވެ. އޭސީގެ ފިނިކަން މާ ގަދަ ނޫންކަމުން މުޅި ބެޑްޝީޓް ހިފައިން އޮތަސް ހެޔޮ ކަމަށް ހިތައި އަނެއްކާވެސް ފޯނަށް ނަޒަރު ހިންގާލިއެވެ. 'އަލްސަން' ގެ މެސެޖްތަކުން ފުރަތަމަ ލަދުގަތަސް މިހާރު ހޭނިއްޖެކަހަލައެވެ. 'ލަމް'އަށް ވެސް ކެރޭކަން އެބަ އެންގޭތާއެވެ.
***
އަލްސަން އާއި ލަމްގެ ރޭގަނޑުގެ ކުޅިގަނޑު އާންމު ކަމަކަށް ވެއްޖެއެވެ.

ބައެއްފަހަރު ފިރިމީހާ އޮފީހަށް ދާ ގަޑި ބަލާފައި އަލްސަންއަށް މެސެޖް ކުރެއެވެ. އެފަދަ ގަޑި ތަކުގައި އަލްސަންވެސް ކުޑަކޮށް ބިޒީވާތީ ލަމް ބޭނުންވާ ވަރަކަށް ވާހަކަ ނުދެއްކާކަން ދެމީހުންނަށްވެސް އިހުސާސުވެއެވެ. ނަމަވެސް އަތުން ދޫވެގެންދާ ވަގުތުތައް ފޫ ބައްދާލަނީ ރޭގަނޑުގެ ހަމަހިމޭންކަމުގައެވެ. ލަމް އާއި އޭނާގެ ފިރިމީހާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ހީނަރުވަމުންނެވެ. އަނެއްކޮޅުން އަލްސަންވެސް އުޅެނީ މާ އުފަލުގަ ހެންނެއް ހިޔެއްނުވެއެވެ.

އަންހެނުންނާ ދެމެދު އުޑާ ބިމާ ދެމުދުގެ ފަރަގެއް މިހާރު އުފެދި ނުދަންނަ ބީރައްޓެހިންނެކޭ އެއްފަދަ ވަނީއެވެ. ނަމަވެސް ރޭގަނޑުގެ އެކަނިވެރިކަން ފަޅުފިލުވައިދޭނޭ ބައިވެރިއެއް ލިބުމުން އެ ޚިޔާލުތައް އޮއްބާލެވެނީ ބޭއިޚްތިޔާރުގައެވެ.
އަލްސަން އާއި ލަމް އެކަކު އަނެކަކާއި ވާހަކަ ދައްކަން ފެށުނީ ވަހުޝީ އިމެއްގެ ތެރެއިން ނަމަވެސް މިހާރު އެ ދެމީހުންގެ ވާހަކަތައް ކުރިއަށްވުރެ ފުން ވެއްޖެއެވެ. ދެމީހުންނަކީ ކައިވެނިކޮށްގެން އުޅޭ ދެމީހުންކަމާމެދު އެކަކު އަނެކަކަށް އެއްބަސްވީ ވެސް މިފަދައިން ވާހަކަ ދެއްކުނު ރެއެއްގައެވެ. ނަމަވެސް އެކަކު އަނެކަކާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. ދެމީހުންނަށްވެސް މި ތިބެވެނީ އެއް ދޯންޏެއްގައި ކަން ފަހުމްވާ ކަހަލައެވެ.

ލަމްގެ ފިރިމީހާއަށް މިހާރު އޭނާއާ ދިމާލަށް ބަލާވެސް ނުލެވެއެވެ. އެ ވާހަކަ އަލްސަން ގާތު ދެއްކީ ފޫހި ރާގަކަށެވެ. ފިރިމީހާގެ ފަރާތުން ފެންނަ ހުރިހާ ހިތްހަމަ ނުޖެހޭ ސިފަތަކެއް ފައްޗަކަށް އަމުނާލީ އެތައް ދުވަހެއްވަންދެން ހިތުގައި ހަރުލާފައިވާ ވަބާއަކުން މިންޖުވާން އުޅޭހެންނެވެ. އަލްސަން ދިޔައީ ކޮންމެ މެސެޖެއްގެ ސްޕީޑަށް ރިޕްލައި ކުރަމުންނެވެ. މިއީ އޭނާގެ އަނބިމީހާގެ އައިބުތައް ގުނާލަން ލިބޭ ރަނުގެ ފުރުސަތެކޭ ހިތާ އޭނާވެސް ފަށައިފިއެވެ.
ޕެރެގްރާފަކަށްފަހު ޕެރެގްރާފެއް ނިންމަމުން ގޮސް ދެމީހުންގެ ހަލާލު ބައިވެރިންނާ ބެހޭގޮތުން ލައްކައެއްޗެއް ދަސްވެއްޖެއެވެ.

އަލްސަންގެ އަންހެނުން މާ ކަންނެތީއެވެ. ކައިވެނިކޮށްގެން ހޭދަކުރި ތިން އަހަރުތެރޭ އޭނާގެ އުޅުން މުޅިންހެން ބަދަލުވެއްޖެއެވެ. އޮފީހުން އަންނަ އިރު ކާން ހަދައިފައި ހުއްޓަސް ގިނަފަހަރު ހުންނަނީ އަލްސަން ކާން ބޭނުންވާ އެއްޗެއް ނޫނެވެ. އޮފީހުގައި ކަންތައްދަނީ ރަނގަޅަށްތޯ އަހާނުލައެވެ. ނުވިތާކަށް އަންހެނެއްގެ ފަރާތުން އެންމެ ބޭނުންވާނެ އެއް އެދުން ފުއްދާލަންވެސް އެތަކެއް އެޕޮއިންޓްމަންޓެއް ހަދަން ޖެހެއެވެ.

ލަމްގެ ފިރިމީހާގެ މައްސަލައަކީ މާ ބިޒީވުމެވެ. އޮފީހުގައި މަސައްކަތް ކުރަން އެތަކެއް ވަގުތެއް ހޭދަކޮށްގެން ގެއަށް އައިސް އަނެއްކާ މަޑުނުވެ ބޭރަށް ދާ ދުވަސްތައްވެސް މަދެއް ނޫނެވެ. ބައެއް ފަހަރު ހެނދުނު ހޭލާގޮތަށް ފެންނަ މީހާ ދެން ފެންނަނީ އަނެއްދުވަހު ހޭލާއިރެވެ. ގޭތެރޭގައި އިނބިމީހާ ފޫހިވެ ބިތަކަށް ޖެހިފައިންނަކަމެއް ރޭކާނުލައެވެ.
އަލްސަންގެ ލޯ އަމާޒުވީ އަނެއްކާވެސް އެނދުގެ އަނެއް ކަނަށް ޖެހިފައިއޮތް އޭނާގެ އަނބިމީހާ ދިމާލަށެވެ. މިއީ އަނެއްކާ އޭނާގެ އަނބިމީހާވެސް ހިތަށް އަރާނެހާ އެއްޗެހިބާވައެވެ. މި ޝައްކުމަތީ އޮއްވާ އޭނާގެ އަންހެނުން ފާޚާނާއަށް ވަންތައް ފެނިއްޖެއެވެ. ހަމައެއާއެކު ފޯނަށް އެއައީ މެސެޖް އެކެވެ.

"ލަމް އެބަ އަންނަން ފާޚާނާއަށް ވަދެލާފައި"

'އަލްސަން' ގެ ފައިބުޑުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އަނެއްކާ އޭނާއަށް މެސެޖް މި ކުރެވެނީ އަނބިމީހާ އާ ބާވައެވެ. އެހެނެއް ނުވާނެއެވެ. ރަމްލާ އެވައްތަރަކަށް ނޫޅޭނެއެވެ. ލަމް އާ މިހާތަނަށް ދެއްކިފައި ހުރި ވާހަކަތަކާއި، އަނދިރި ރޭތަކުގައި ކުރެވިފައިހުރި ކަންތައްތަކަކީ ރަމްލާއަށް ކުރަން ކެރޭނެ ކަންތަކެއް ނޫނެވެ. އެއީ އެއަށްވުރެ ލަދުރަކި މީހެކެވެ. ނަމަވެސް އޭނާގެ އަންހެނުން އޭނާއަށް ދަސްވެފައި ވާނަމަ ހިލޭ އަންހެނަކާއެކު މިފަދަ ގުޅުމެއް މިއަދު ބާއްވަން ނުޖެހުނީހެވެ.

އަނބިމީހާ ފާޚާނައިން ނިކުމެގެން ގޮސް އަނެއްކާވެސް އެނދުގެ އޭނާއަށްވީ ފަރާތުގައި އޮށޯވެއްޖެއެވެ.

"އައި އެމް ބެކް"

އަލްސަންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. މިއީ އަނެއްކާ ހަމަ އޭނާގެ އަންހެނުންބާވައެވެ. މިކަން ޔަގީންނުކޮށް ދެން އެންމެ ވާހަކައެއްވެސް ދެއްކޭކަށް ނެތެވެ.

"ލަމް. މިހާރު ދެމީހުންގެ އެތައް ވާހަކައެއް ޝެއަރ ކުރެވިއްޖެ އެންނު. ދެން ބުނެބަލަ. ލަމްއަށް ހަމަ އަސްލުވެސް ކިޔަނީ ލަމްތަ؟ އަހަރެން މިހެން މިބުނީ އަހަރެންނަށް ކިޔަނީ އަލްސަން ނޫންވީމަ."

ކެތްމަދު ހިތަކާއެކު އެކޮޅުން ލިބޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން 'އަލްސަން' ނަމަކަށް ކިޔާ ފޭކް އައިޑީގެ ވެރި ހުޝާމް ހުރި އިރު ލޯ އިރު އިރު ކޮޅާ އަންހެނުންނާ ދިމާއަށް ދަތުރުކުރެއެވެ. ރަމްލާ އޮތީ ފޯނަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެންނެވެ. އެއްވެސް އެއްޗެއް ލިޔަމުންދާ ތަނެއް ނުފެނެއެވެ. ލަމްގެ ޖަވާބެއްވެސް އަދި ނާދެއެވެ. ކުއްލިއަކަށް އޭނާގެ ގައިގައި އަޅާލި ބެޑްޝީޓް ފޯނު ނިވާވެއްޖެއެވެ. ދެން އޭނާ އެއްޗެއް ލިޔުނަސް ހުޝާމަކަށް ނޭނގޭނެއެވެ.
މިވިސްނުމުގައި އިންދާ ރިޕްލައި އެއް އަތުވެއްޖެއެވެ.

"އަލްސަންއަށް ކިޔަނީ އަލްސަން ނޫން ވެއްޖެއްޔާ ލަމްއަށް ކިޔަނީ ލަމްއެއް ނޫން"
މެސެޖް ލިބުނުހާ އަވަހަށް ހުޝާމް ރައްދެއް ފޮނުވާލިއެވެ.

"ދެން ކީކޭ އަސްލު ކިޔަނީ"

މިހާރު ހިތުގެ ތެޅުން އިހުނަށްވުރެ އަވަސް ވެއްޖެއެވެ.

"ފުރަތަމަ ޔޫ ބުނޭ"

ހުޝާމް ވަރަށް ވިސްނާލިއެވެ. ލަމް އަކީ އަސްލަށްވެސް އޭނާގެ އަންހެނުން ވިއްޔާ ހުޝާމްގެ އަސްލު ނަން ބުނުމުން މެސެޖް ކުރުން ހުއްޓާލާނެއެވެ. ނޫނީ ކޮންމެވެސް ފޭކް ނަމެއް އަނެއްކާ ހަދާލަފާނެއެވެ. ހަމަގައިމުވެސް ފިރިމީހާގެ ނަން ކިޔާ މީހަކާ މިހެނެއް ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ހުޝާމްވެސް ދޮގު ހަދައިފިއްޔާ ލަމް އަދި ތެދު ހަދާނެކަމެއް އެބަ އިނގޭ ހެއްޔެވެ؟ ވަރަށް ވިސްނުމަށްފަހު ނިންމީ އަމިއްލަ ނަން ބުނުމަށެވެ. ފަހަކަށް އައިސް ލަމްއާ ތެދުވެރި ވާހަކަތައް ނޫން އިތުރު އެއްޗެއް ހިއްސާކުރެވިފައެއް ނޯންނާނެއެވެ. ނަން ބުނެލުން އެއީ ގޯހެއް ނޫންތާއެވެ.

"ހުޝާމް"

މެސެޖް ފޮނުވާލިތާ ހިނދުކޮޅެއް ވެއްޖެއެވެ. އަނބިމީހާ މިހާރު އޮތީ ކުރިމަތީ ހުރި ފާރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މޫނުމަތިން ފެންނަނީ ބިރުވެރިކަމުގެ ކުލަވަރެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވީ ބެޑްޝީޓް ހޫރާލާ ތެދުވެ އަހަރެންނާ ދިމާލަށް ބަލާލި ގޮތަކުންނެވެ. ހަމަ އިސާހިތަކު ފޯނަށް އައީ މެސެޖެކެވެ.

"ރަމްލާ"

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ލަމް

  އައްދިއްޔޯއި!!!! ފައްކާ އިނގޭ .. ދެން ނާންނާނެތަ އެހެންބައެއް

  3
  1
 2. ކިޔުންތެރިޔާ

  މަރިޔަމެވެ.. މީ ވާހަކައެއް ހެއްޔެވެ.. މި ވާހަކަ ހަމަ ނުޖެހެއެވެ.....

  10
  7
 3. ހައިރާން

  އަޅެ ދޯ..

 4. ޙަސަނަ

  މި ލިޔުމުގެ މަގްސަދަކީ ކޮބާ

  8
  3
  • what??

   Laigen othee kon aehcheh tho balan .

 5. ޟ

  ދެމީހުންނަށް ދެމީހުންގެ ފޯނު ނަންބަރުވެސް ނޭނގެނީތަ

  3
  2
 6. ނަނި

  ހިހީ. އެއް ވަރުގެ ގެ މީހުން. ޕިސް ޕިސް