ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ފުރަތަމަ ދަރިފުޅު އާޗީ އުފަންވީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އެދަރިކަލުންގެ ޚަބަރުތައް އިނގިރޭސިވިލާތުގެ މީޑިއާތަކުން ފުލުފުލުގައި ގެނެސްދެމުން ދާއިރު އެންމެ ފަހުން މިއަދު އާއްމު ކޮށްފައިވާ ޚަބަރަކީ ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން އެދަރިކަލުންނާއި ބައްދަލު ކުރެއްވި ޚަބަރެވެ.

ޕްރިންސް ވިލިއަމްގެ ދެކަނބަލުން ތުއްތު އާޗީގެ އަރިހަށް ޒިޔާރަތް ކުރީ އަންގާރަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެޒިޔާރަތުގެ ވީޑިއޯއެއް އަދި ފޮޓޯއެއް ވެސް މިހާތަނަށް ޝާހީ އާއިލާ އިން އާއްމު ކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ޕްރިންސް ވިލިއަމް އާއި ކޭޓް އަށް، އާޗީގެ އަރިހަށް ޒިޔާރަތް ކުރުން ލަސް ކުރަން ޖެހުނީ ދެކަނބަލުން މާބުރަކޮށް އުޅުއްވަން ޖެހުމުންނެވެ. އާޗީ އުފަންވި ދުވަހާއި ޖެހިގެން އައި ދުވަހު ވިލިއަމްގެ ދެކަނބަލުން އުޅުއްވީ ލަންޑަންގައި އަލަށް ފެށި ބޯޓު ރޭހެއްގެ ކަންތައްތަކުގައެވެ.

ވިލިއަމް އާއި ކޭޓް އަށް މިހާތަނަށް ތިން ދަރިކަލުން ލިބިވަޑައިގެންފައި ވެއެވެ. ވިލިއަމް އާއި ކޭޓް ވަނީ ހެރީ އާއި މޭގަން ރޭގަނޑުގެ ނިދި ނަގާލާފައި ދަރިފުޅުގެ ކަންތައްތައް ކުރަން ތިބެން ޖެހޭ ދުވަސް ޖެހިއްޖެ ކަމަށް ވިދާޅުވެ މީޑިއާގައި ސަމާސާ ކުރައްވާފައެވެ.

މީގެ ކުރިން އާޗީ ވަނީ މުނިމާމާފުޅު ރާނީ އެލިޒަބަތު އަރިހަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް އަދި ކާފާފުޅު ޕްރިންސް ޗާލްސް އާއި ބައްދަލު ކުރެއްވި ކަމެއް މީޑިއާތަކަށް ކަށަވަރު ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަޙީދުބެ

    އަހަރެންވެސް އަހަރެންގެ ކާފަދަރިންނާ ބައްދަުކޮށްފިން. މިވެސް ޚަބަރެއްތަ؟

    4
    4
  2. އަސްލު މީހާ

    ވ މުހިންމު ހަބަރެއް

    4
    1