ގިނަ ބަޔަކު އަބަދުވެސް ބޭނުންވާ އެއް ކަމެއް އޮވެއެވެ. އެއީ ހިލޭ ކެއުމެވެ. ވަކިން ޚާއްސަކޮށް ކޭއެފްސީ ފަދަ ބޮޑު ރެސްޓޯރެންޓަކުން ހިލޭ ކޮންމެ ދުވަހަކު ކާން ލިބުމަކީ، ހަމަ "ޑްރީމް ކަމް ޓްރޫ" އެވެ.

ސައުތް އެފްރިކާއަށް އުފަން އުމުރުން 28 އަހަރުގެ ފިރިހެނަކު މިވަނީ އަހަރެއް ވަންދެން ކޭއެފްސީގެ އައުޓްލެޓް އަކުން ހިލޭ ކައިފައެވެ. މީނާ މިކަން ކުރީ ތަފާތު ގޮތަކަށެވެ.

ކޭއެފްސީގައި މަސައްކަތް ކުރާ މުވައްޒިފަކު ބުނެފައިވަނީ، މިމީހާ ކޮންމެ ދުވަހަކު ކޭއެފްސީއަށް އަންނަ ކަމަށެވެ. ނަމަވެސް މިމީހާ އަންނަނީ ކޭއެފްސީ ހެޑް ބްރާންޗްގެ އޮފިޝަލަކަށް ވެގެންނެވެ.

"ކޮންމެ ދުވަހަކު އަންނާނެ ސޫޓް ލައިގެން މިތަނަށް. އައިސްފަ ބުނާނެ މިއީ ހެޑްކުއާޓަރ އިން ކުއަލިޓީ ކޮންޓްރޯލް ބަލަން އަންނަ މީހެކޭ. ދެން އައިފައި ބުނާނެ މިވެނި މިވެނި އެއްޗެއް ހަދާށޭ." ކޭއެފްސީގެ ސްޓާފެއް ބުނެފައިވެއެވެ.

މިމީހާވަނީ އަހަރެއްވަންދެން ކޮލިޓީ ކޮންޓްރޯލް ކުރާ މީހެއް ކަމަށް ބުނެ ހިލޭ ކޭއެފްސީ އިން ކައިފައެވެ. މިމީހާގެ މައްޗަށް މިހާރުވަނީ އޮޅުވާލުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު