ހަކުރު ނާޅާ ކޮފީ ބޮނީ މޮޔައިން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮސްޓްރިއާގެ ދަ ޔުނިވާސިޓީ އޮފް އިންސްބްރަކް އިން ހަދާފައި ދިރާސާއެއްގައި ބުނެފައިވަނީ ކަޅު ކޮފީއަށް ހަކުރުނާޅާ ބޯ މީހުންނާއި ހިތި އެއްޗެހި މީރު މީހުންނަކީ މުޅިން ހަމަ މީހުން ނޫން ކަމަށެވެ.

1000 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހަދާފައިވާ މިދިރާސާވަނީ ޖާނަލް އެޕްޓައިޓްގައި ޝާއިރުކޮށްފައެވެ. މިދިރާގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ހަކުރު ނާޅާ ކޮފީ ބޯ މީހުންނާއި ހަކުރު އަޅައިގެން ކޮފީ ބޯ މީހުން ހިމެނެއެވެ. މިދިރާސާގެ ބައިވެރިންގެ މެދުގައިވަނީ މިޒާޖު ދެނެގަތުމަށް ސާވޭއެއް ހަދާފައެވެ. މިސާވޭއިން ދައްކާ ގޮތުގައި ހަކުރު ނާޅާ ކޮފީ ބޯ މީހުންނަކީ ކަންކަން ކުރުމުގައި ވިސްނާނުލާ ކަންތައް ކުރާ، މޮޔައިންނެވެ.

ކޮފީއަކީ ސިއްޙީ ގޮތުން ބައެއް ގެއްލުން ހުރި އެއްޗެއް ނޫން ކަމަށްވެސް މިދިރާގައިވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދޮންބެ

  ހަކުރު ނާޅާ ކޮފީބޮނީ މޮޔައިންކަމަށާ، އަދި ސިނގިރޭޓާ މަސްތުވާތަކެއްޗާ ބޮއެ ދެއިރު ދެދަޅަޔަށް ހަމައިންނެއްޓި ހަބޭހަށް ދުފާ އުޅޭ މީހުންނަކީ އެންމެ ބޯބޮޑު މީހުންކަމުގައި ދެއްކުމަށް ރިޕޯޓު ފަތުރާ މީހުންނަކީ އެންމެ ބޮޑު މޮޔައިން.

  38
  2
 2. މުނޖކިޔާ

  ދިރާސާ ހެދީވެސް މޮޔައެއް.

  38
  3
 3. ނަބާ

  މިދިރާސާ ރިޕޯޓުގެ ސަބަބުން އެންމެ ގެއްލުންވާނީ “ ކަޅުކޮފީ” ބޯމީހުންނަށް !! ޢެއީ މޮޔައިން ކަމުގައި މީހުން ޤަބޫލުކުރަން ފަށާނެ!! ނޫހުގައި ޖަހާ ކޮންމެ އެއްޗެއް ޤަބޫލު ކުރާމީހުންވެސް އުޅޭވިއްޔާ!! ޙައްތަހާވެސް މޮޔައިން ތިނޫންމީހެއް މިހާރަކު ނެތް!! ރައްޔިތުންގެ މަޖިލިސްގެ މެމްނަރުންނަށް ވިސްނާލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭނެ !! މީ ލައްކަ ވާހަކަ

  15
 4. ހަކުރު

  ކޮމެންޓް ކޮށްފަ ވެސް މިތިބީ މޮޔައިން

  4
  8
 5. ގާސިމް

  ހަކުރު ބޯނީ ވެސް މޮޔައިން...

  15
  1
 6. ބްރޯ

  ހަކުރުނާޅާ ކޮފީބޮނީ ވަރަށްނަދުބައެއް އެހެންކަމުން އެއީވަރަށް ޔުނީކް އަދިވަރަށްދުނުވިސްނޭ ބައެއްކަމަށް ގޭދޮށުގައުޅޭ ކަތްދައްތަބުނޭ

  6
  2
 7. ހަމަ

  ހަމަ ޖަހާހާ ބެރަކަށް ނަށާކައް ނުވާނެއެއްނު