އޯރިޔޯ ކުކީގެ ރަސްމީ ޓްވިޓަރ ހޭންޑަލް އިން ކުރި ޓްވީޓަކާއެކު ގިނަ ބަޔަކުވަނީ އޯރިޔާ އަކީ ހަލާލު އެއްޗެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާފައެވެ.

ދިވެހިންގެ ތެރޭގައިވެސް މަޤްބޫލް އޯރިއޯ ކުކީސް އާ ޓްވިޓަރގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، އޯރިޔޯ ރަސްމީ ޓްވިޓަރ ހޭންޑަލްއިން ބުނެފައިވަނީ އޯރިއޯ ހަލާލެއް ނޫން ކަމަށެވެ.

ނަމަވެސް މިއީ އޮޅުމަކުން ކުރެވުނު ކަމެއްކަން އޯރިއޯ އުފައްދާ މޮންޑެލެޒް އިންޓަނޭޝަނަލްގެ ތަރުޖަމާނަކު މިވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ އޯރިއޯގެ ޓްވިޓަރ ހޭންޑަލް ކުރުމުގެ މައްސަކަތް ކުރަނީ ވަކި ބައެއް ކަމަށެވެ. އަދި އެޓްވީޓް ކުރެވުނީ އޮޅުކަމުން ކަމަށެވެ. މިހާރު އެޓްވީޓްވަނީ ޑިލީޑްކޮށްލާފައެވެ.

އެޓްވީޓްގައި އޯރިއޯ ހަލާލް ނޫން ކަމަށް ބުނެފައިވަނީ، އެމެރިކާ އަދި ކެނެޑާގައި ވިއްކާ އޯރިއޯގައި ހަލާލް ސެޓްކެޓް ނުޖަހާ ހުރުމުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޯރިއޯ ހަލާލު ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، މިކަން ޤަބޫލުކޮށްފައިވަނީ މަދުބައެކެވެ. ސަބަބަކީ ހަރާމް އެއްޗެއް މުސްލިމް ޤައުމަކަށް އެތެރެކޮށް ނުވިއްކާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    ރަލާއި އޫރުމަސް އެތެރެކުރަނީ މުސްލިމު ޤައުމަކައް ނުވާތީބާ؟

    17
    2