މެލޭޝިއާގެ 16 އަހަރުގެ އަންހެން ކުއްޖަކު އިންސްޓަގްރާމްގައި އޭނާ މަރުވާންތީތޯ ނުވަތަ ދިރިހުންނަންވީތޯ ބަލަން ކުރި ސުވާލުގެ ޖަވާބުގައި މަރުވުމަށް ގިނަ މީހުން ޖަވާބު ދިނުމުން އަމިއްލަ އަށް މަރުވެއްޖެއެވެ.

ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އަންހެން ކުއްޖާ އިންސްޓަގްރާމްގައި ކޮށްފައިވާ ސުވާލުގައި ބުނެފައި ވަނީ "މިއީ ވަރަށް މުހިއްމު ކަމެއް. މިދެކަމުން ކޮންމެވެސް އެއް ކަމެއް އިހްތިޔާރު ކުރަން އަހަރެންނަށް އެހީވެދީ"

މަރުވުމާއި ދިރިހުރުން ރަމްޒު ކޮށްދިނުމަށް އޭނާ ބޭނުން ކޮށްފައި ވަނީ އެލް އަކުރަކާއި ޑީ އަކުރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން ކުއްޖާ ވަނީ އިންސްޓްގްރާމްގައި ސުވާލު ކުރިތާ ގަޑިއިރުތަކެއް ފަހުން އުސް އިމާރާތަކުން ފުއްމާލައިގެން މަރުވެފައެވެ.

އަންހެން ކުއްޖާ މަރުވި އިރު ސުވާލުގެ ޖަވާބު ދީފައިވާ މީހުންގެ ތެރެއިން 69 އިންސައްތަ މީހުން ބުނެފައި ވަނީ އޭނާ މަރުވާން ބޭނުންވާ ކަމަށެވެ. ނަމަވެސް 24 ގަޑިއިރު ފަހުން ސުވާލުގެ ވަގުތު ހަމަވިއިރު 88 އިންސައްތަ މީހުން ބުނެފައި ވަނީ އޭނާ ދިރިހުންނަން ބޭނުންވާ ކަމަށެވެ.

އަންހެން ކުއްޖާ އަކީ ނަފްސާނީ މައްސަލަތަކެއް ހުރިކަން ކުރިން ވެސް ފާހަގަ ކުރެވިފައިވާ ކުއްޖެކެވެ.

ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ނަމަ އިތުބާރު ކުރެވޭ މީހަކާއި މަޝްވަރާކޮށް، މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަން ވާނެއެވެ. އެފަދަ ގާތް މީހަކު ނެތް ނަމަ ސަރުކާރުގެ ރަސްމީ އިދާރާއަކަށް ގުޅުމުން ވެސް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ކީރިތި ޤުރުއާނުގައި ނިސާ ސޫރަތުގެ 29 ވަނަ އާޔަތާއި 30 ވަނަ އާޔަތުގެ މާނައިގައި ﷲ ކުރައްވާފައިވާ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "….އަދި, ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ރަސްކަލާންގެ ކަމުގައި ﷲ ވޮޑިގެންވެއެވެ… ދެކޮޅުވެރިކަމާއި, އަނިޔާވެރިކަމުގެ ގޮތުން އެކަންކުރާމީހާ ދަންނާށެވެ. (ފަހެ, ތިމަންރަސްކަލާންގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ…")

އެހެންކަމުން އަމިއްލަ އަށް މަރުވުން ފަދަ ފާފަތަކުން ދުރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މީހާ

  ދެވަނަ ފަހަރަށެއްނު ތިހަބަރު ތި ލިޔުނީ

 2. އަޅުގަނޑު

  އަސްތަޤްފިރުﷲ

 3. ބުރޯ

  ގޮވާތަކެތި ހަރުކޮށްގެން ޖާނުން ފިދާވާ މީހުނާ ދިވެހިރައްޔިތެއްގެ ގޮތުގާ ހުރެ ސޫރިޔާ އަށް ގޮސް އެތާގަ ހިގާ ދާހިލީ ހަނގުރާމަޔަށް ވަދެ މަރުވާމީނުނާ ދަންޖެހި މަރުވާ މީހުންވެސް ހިމެނެނީ ނިސާސޫރަތުގެ 29،30 ތިޔަ ވަހީއާ އެއްގޮތް ވާ މީހުންކަން ޔަގީން.

  2
  1
 4. ދ

  ހިތާމަ ހުރި.