މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލުއިޒިއާނާއަށް ކުރި ދަތުރުގައި އެ ސްޓޭޓުގެ ގަވަނަރު ޓަރަންޕަށް މަރުހަބާ ދެންނެއްވި ގޮތް އެތަށް ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޓްރަންޕް ލޫޒިޔާނާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުން މަރުހަބާ ދެންނެއްވުމަށް ފަހު ސަލާމް ކުރަވަމުން ލޫޒިޔާނާގެ ގަވަނަރު ޓްރަންޕަށް ދެއްކެވީ އޭނާ ލައިގެން ހުރި ރައީސް ޓަރަންޕް ސިފަވާ ސްޓާކީނެވެ.

ލޫޒިޔާނާގެ ގަވަނަރު ލައިގެން ހުރި މި ސްޓާކީނަކީ އެމެޒޮން އިން އޮންލައިކޮށް ގަންނަން ލިބޭ ސްޓާކީނެކެވެ. ޓރަންފްގެ އަށް ނަކަލުކޮށް ޑިޒައިންކޮށްފައިވާ މި ސްޓާކީން ޑިޒައިން ކުރީ ގަންބޯލް ޑޫގަލް ކިޔާ ކުންފުނިއަކުންނެވެ.

އެމެރިކާއަށް ހެޔޮ އެދޭ އެކުވެރި ގައުމުތަކާ އޮތް ގުޅުން ބީރައްޓެހި ކުރަމުންދާ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕު އަންނަނީ އެމެރިކާގެ ޒަމާނީ ހަތުރުންނާއި އެކު އެކުވެރިކަމާ ގާތް ގުޅުންތައް އުފައްދަމުންނެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަންޕް އަށް އޮތް ތާއީދު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. މީގެ އިތުރުން ޓްރަންޕް ގެންދަވަނީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުން ގޯސްކުރުމަށް އީރާނާއި ކުރިމަތިލުމަށް ސިފައިން އެގައުމަށް ފޮނުވުމަށް ތައްޔާރުވަމުނެވެ.

އެއްވެސް ތަޖުރިބާއެެއް ނެތި ވެރިކަމަށް އައި ޓްރަންޕްއަކީ އަބަދުވެސް އެހެން މީހުންގެ ބަހަށްވުރެ އަމިއްލަ ބަހުގައި ހިފަހައްޓާ މީހެއްކަން ފާހަގަކޮށްލެވެއެވެ. ޓްވިޓަރ އެކައުންޓް އަމިއްލަޔަކަށް ގެންގުޅެމުން އަންނަ އެމެރިކާގެ ފުރަތަަމަ ރައީސް ޓްރަންޕްގެ އަތުގައި ޓްވިޓަރއަށް ވަނުމަށް ޚާއްސަކޮށްފައިވާ ފޯންއެއް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު