ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ހަގު ކައިލީ ޖެނާ އޭނާ އަށް ދާދި ފަހުން ލިބުނު އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓަރ އާއި އެކު ނެގި ފުރަތަމަ ސެލްފީ އޭނާގެ ފޭނުންނަށް ކަމު ގޮސްފިއެވެ.

އުމުރުން 20 އަހަރުގެ މަންމަ ކައިލީ ވަނީ ދަރުފުޅު ސްޓޯމީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. ސްޓޯމީގެ އުމުރަކީ މިހާރު 6 ހަފަތާއެވެ.

މިދިޔަ ހުކުރު ދުވަހު އިންސްޓަގުރާމުގައި އާންމު ކޮއްފައިވާ މި ސެލްފީ އަށް އެތަށް ބަޔަކު ވަނީ ކޮމެންޓް ކޮއްފައެވެ.

ކައިލީ އޭނަގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯ އާންމު ކޮށްފައިވާއިރު ކައިލީގެ ދައްތަ މަޝްހޫރު ޓީވީ ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަންސް"އިން މަޝްހޫރުކަން ހޯދާފައިވާ ކިމް ކާޑޭޝިއަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް ލިބުނު ތިންވަނަ ދަފުޅުގެ ފޮޓޯ ވެސް ވަނީ ދާދި ފަހުން އާންމު ކޮއްފައެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ދާދި ފަހުން މަޝްހޫރު ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ " ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން އޭނަގެ މިހާރުގެ ލޯބިވެރިއާ އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީވަނީ އެހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުންވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮކަރ

    ތިކަހަލަ ބަރަހަނާ ފޮޓޯތައް ނުޖަހަބަލަ.. ކައިލީ ސެލްފީއެއް ނެގިޔަސް ނޫސްވެރިން ނުޖެހޭދޯ އެއެއްޗެއް އިސްތިހާރު ކޮށްދޭކަށް.. އިސްލާހުވެބަލަ..

  2. އިބަރަކިނިސާން

    ވަރުގަދަ ކައިލީ އެއްތާ ދޯ..
    ސުރުޚީ ކިޔާފަ މަ ފުރަތަމަ ހީކުރީ މީހަކު އޭނަގެ އަމިއްލަ ދަރިފުޅު ކާލީ ކަމަށް