ލަވާޒާއެއް އަގުބޮޑު ވެގެން ޝަކުވާ ކުރަން ހެއްޔެވެ. އެކަމަކު މި ކޮފީ ތަށްޓާމެދު އަލުން ވިސްނާލާށެވެ. އެމެރިކާގެ ކެލިފޯނިއާގެ ރެސްޓޯރަންޓަކުން ސާވް ކުރާ މި ކޮފީއަކީ ތަށްޓެއް 75 ޑޮލަރަށް ޖެހޭ ކޮފީ ތަށްޓެކެވެ. އެހެން ނަމަވެސް އަގަކަށް ބެލުމެއް ނެތެވެ. ކޮފީ ތަށީގެ އަގު ކިތައްމެ ބޮޑު ނަމަވެސް، ބޭނުން ކުރާ މީހުންނަށް ފަރުވާލެއް ނެތެވެ. އަބަދުވެސް ހުންނަނީ ސްޓޮކް ހުސްވެފައެވެ. ފަހުރަކަށްޓަކާވެސް ކޮފީތަށި ބޯލުން މުހިއްމެވެ.

ސުވާލަކީ އެ ކޮފީތަށި އެހާ އަގުބޮޑީ ކީއްވެތޯއެވެ. އަގުބޮޑީ އެ ކޮފީ ތައްޔާރުކުރާ ކޮފީގެ ބާވަތެވެ. ދުނިޔޭގައި މަދު އަދި އެންމެ އަގުބޮޑު އެއް ކޮފީ ކަމަށްވާ އެލިޑާ ގެއިޝާގެ ކޮފީ ބީންސްއިން ތައްޔާރު ކުރާ އެ ކޮފީއަށް ބޭނުންވާ ބީންސްގެ އަގަކީ ޕައުންޑެއް 803 ޑޮލަރެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީއެވެ.

https://twitter.com/DionLimTV/status/1126954155115859968

ހާއްސަ މައުރަޒަކުން އެ ކޮފީ ފިހާރައިން ކުޑަ އެތިކޮޅެއް ގަތްއިރު، މުޅި އެމެރިކާގައިވެސް އެ ކޮފީ މިހާރު ލިބެން ހުރި ހަމައެކަނިތަނަކީ އެއީއެވެ. އެ ކޮފީ ޝޮޕްގެ ދެ ތަނަކަށް ކުރިން ބީންސްތައް ބަހާލި ނަމަވެސް، ސެން ފްރެންސެސްކޯގައި ހުރިތަނުން މިހާރު ވަނީ ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު