މުއީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އަރަތް ކަމަށްވެސް ވެެދާނެއެވެ. ފްރާންސްގެ އަވަށެއް ކަމަށްވާ ޕްލޫގާސްޓެލް ޑޫލާސްގައި ހުންނަ ގަލެއްގައިވާ މި އަރަތަކީ ޖަވާބު ނޭނގި އެންމެ ގިނަ ދުވަސްވި އަރަތް ކަމަށްވެސް ވެދާނެއެވެ. 230 ވަރަކަށް އަހަރު ވެދާނެ ކަމަށް ލަފާކުރެވޭ އެ އަރަތަކީ މޫދު ކައިރީގައިވާ ގަލެއްގައި ކަނޑާ ނަގާފައިވާ އަރަތެކެވެ. އަރަތް ފެންނަނީ ހިކި ދިޔައިގައެވެ. ދިޔަވަރު ބޮޑުވުމުން އަރަތެއް ނުފެންނާނެއެވެ.

އެ ގަލުގައި ކަނޑާ ނަގާފައިވާ އަކުރުތަކާއި، އަކުރުތަކުގެ ކައިރީގައިވާ ކުރެހުންތަކުން ބުނެދޭ އެއްވެސް އެއްޗެއް، މިވީހާތަނަށް އެކަކަށްވެސް ބުނެދެވިފައެއް ނެތެވެ. ހާއްސަކޮށް، އެ އަވަށުގެ ވެރިޔާ ވަނީ ދުނިޔޭގެ އެންމެ ފުންނާބު އުސް އިލްމުވެރިންނާއި ދަރިވަރުންނަށްވެސް ދައުވަތު ދީފައެވެ. އެ ގަލުގައި ކަނޑާ ނަގާފައިވާ އަކުރުތަކާއި، ހާއްސަ ކުރެހުންތަކުގައި ބުނާ އެއްޗެއް ދެނެގަނެވުނު މީހަކަށް 2،000 ޔޫރޯ ދޭނެ ކަމަށް ލޯކަލް އިދާރާތަކުން ވަނީ ކަނޑައަޅާފައެވެ.

https://twitter.com/365europe/status/1127913090509570048

އެ ދައުވަތާއެކު އެ ސަރަހައްދުވެފައި ވަނީ ދުނިޔޭގެ އެންމެ ފުންނާބު އުސް ތާރީހު ލިޔުންތެރިންނާ، ތާރީހުގެ ދިރާސާ ހަދާ މީހުން މިހާރު ޒިޔާރަތް ކުރާ ސަރަހައްދަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަބާދުކުޑޭ

    ތިޔަގަލުގައި ލިޔެފައިވާ ލިޔުމުގައި އެވަނީ ، (މިގަލުގައި ލިޔެފައިމިވާ އެއްޗެއް ނޭގިގެން އެއީ ކޮން އެއްޗެއްތޯ ބަލަން ވަރަށްގިނަ މީހުން މަސައްކަތް ކުރާނެ.) މިހެން.

    19
  2. މީން

    ބޭކާރު ކަންތައް ނުކުރޭ!!ތިވެސް އިރާދަފުޅުން ކޮންމެވެސް ދުވަހެއްގައި ފެންނާނެ..ކޮންހާ ބޭކާރު މަސައްކަތެއް ؟ކުރަނީ؟؟