އޮސްޓްރޭލިޔާގެ ގޮނޑުދޮށަކުން މަރުވެފައިވާ ގިނަ އަދަދެއްގެ ބޮޑުމަހުގެ ބާވަތެއް ފެނިއްޖެއެވެ.

އެޤައުމުގެ ހެމެލިން ބީޗުން ފެނިފައިވަނީ މަރުވެފައިވާ ޝޯޓް ފިން ޕައިލެޓް ވޭލް ތަކެކެވެ. މަދުވެގެން މީގެ 135 މަސް މަރުވެފައިވާކަމަށް ނޫސްތަކުން ބުނެއެވެ.

އަދަދެއްގެ ބޮޑުމަސްތައް މަރުވިއިރު، ކަމާ ބެހޭ ފަރާތްތަކުންވަނީ މި މަސްތައް ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް، މޫދުގެ ތިލަ ސަރަޙައްދަށް އައިސް، ނުދެވުމުގެ ސަބަބުން މަރުވި ބޮޑުމަސްތަކުގެ ތެރެއިން ސަލާމަތްކުރެވުނީ އެންމެ 15 އެއްޗެވެ.

މިކަމާ ގުޅިގެން ހުޅަނގު އޮސްޓްރޭލިޔާގެ ދިރޭތަކެއްޗާ ބެހޭ އިދާރާގެ އިސް ފަރާތަކުން ބުނެފައިވަނީ އެކަށީގެންވާ ވަސީލަތްތަކާއި ވަގުތު ދެވުނުނަމަ، ގިނަ އަދަދެއްގެ މަސް ސަލާމަތް ކުރެވުނީސްކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މިގޮތަށް ގިނަ އަދަދެއްގެ މަސްތައް ތިލަ ފެނަށް އައިސް، ފުން ސަރަޙައްދަށް ނުދެވުނީ، އެތަނުގެ މޫސުން ހުރި ގޮތުންކަމަށް ބެލެވޭކަމަށެވެ. އެހެންނަމަވެސް، މިކަމުގެ އަސްލު ސަބަބު އަދި ނުހޯދޭކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ޝޯޓް ފިން ޕައިލެޓް ވޭލް އަކީ ޓްރޮޕިކަލް އަދި ސަބް ޓްރޮޕިކަލް ސަރަޙައްދުތަކުގެ ކަނޑުގައި ދިރިއުޅޭ ބާވަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖައުފަރު

    އެނގޭ ތިކަމަކީ އޮސްޓްރޭލިއާ ކަނޑުގެ ސިފައިން އައު ހަތިޔާރެއް ތަޖުރިބާ ކޮށްލީ

  2. ނާނު

    އަޅޭ...ހާދަ ދެރަ އޭ

  3. ކަލޯގަޔާ

    ކަލޯމެން ތި އެއްޗެހި ސަލާމަތް ނުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުށެއްނެތި މަރަމުންދާ މީސްތަކުން ސަލާމަތް ކުރަންދޭބަލަ

    • ޒަ

      އެބުނާހެން

  4. ޒަ

    އެބުނާހެން