އިންގްލޭންޑުގެ އަވަށެއް ކަމަށްވާ ކެންޓުގެ މާގޭޓް އެޑަލްޓް އެޑިއުކޭޝަން ސެންޓަރުގައި ހުރި ލިފްޓެއްގެ ތެރޭގައި ތާށިވި މީހަކު ދެ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.

އެ ސެންޓަރުގައި މަސައްކަތުގެ މީހެއްގެ ވަޒީފާ އަދާކުރަމުންދާ އެ އަންހެން މީހާ ލިފްޓުގައި ތާށިވެފައި ވަނީ، ލިފްޓުތެރެ ސާފު ކުރމަށް ލިފްޓަށް އަރާ ހުއްޓައި އެއަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މިދިޔަ ހަފްތާތެރޭ ހިނގި އެ ހާދިސާއަށްފަހު އޭނާ ގެއްލިގެން އިދާރާތަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

އެ އަންހެން މީހާ ލިފްޓު ތެރެއިން ހޯދައި ސަލާމަތްކޮށްފައި ވަނީ އޭނާ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ. އޭރު ކާން ނުލިބި ގިނައިރުވެފައި ވުމުން އޭނާގެ ހާލު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ވެއެވެ. މިކަމާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ވަގުތުން ވަނީ ފަރުވާ ދީފައެވެ.

އެމީހާގެ އާއިލީ ފަރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އޭނާ ލިފްޓު ތެރޭގައި ތާށިވެ ގިނަ އިރުތަކެއް ވުމާއި ގުޅިގެން ފެނުގެ ބަދަލުގައި، އޭނާ ބުއީ އަމިއްލަ ކުޑަކަމުދާ ތަކެއްޗެވެ. ޑިހައިޑްރޭޓްވެގެން ދެ ދުވަސްވީއިރު އޭނާ މަރުން ސަލާމަތް ސަލާމަތްވީ އެހެން ވެގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވާއިރު، އޭނާގެ ހަލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު