މީސް މީޑިއާގައި "ގްރަމްޕީ ކެޓް"ގެ ނަން ދީފައިވާ ބުޅާ މަރުވެއްޖެ އެވެ.

އެތައް މިލިއަން ބަޔަކަށް ހިނިތުންވުން ގެނުވި މި ބުޅަލުގެ އަސްލު ނަމަކީ ޓާޑަރ ސޯސް އެވެ. ބުޅަލަކީ އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ މީހެއްގެ ބުޅަލެކެވެ.

ގުރަމްޕީ ކެޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި މި ބުޅާ ގެންގުޅޭ ފަރާތް ކަމަށްވާ ޓެބީތާ ބަންޑެސެން ބުނީ އުމުރުން 7 އަހަރުގައި ގްރަމްޕީ މަރުވީ އިންފެކްޝަނެއްގެ އަސަރު ކޮށްގެން ކަމަށެވެ.

ބުޅާ ގެންގުޅޭ 28 އަހަރުގެ ޓަބަތާ ބަންޑެސެން ބުނަނީ ފާއިތުވެގެން މިދާ އަހަރު ބުޅަލުގެ އާމްދަނީ އަކީ 100 މިލިއަން ޑޮލަރު ކަމަށެވެ.

ގްރަމްޕީ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ބުޅަލުގެ ފޮޓޯއެއް އިންޓަނެޓުން އެންމެ ފުރަތަމަ ފަހަރަށް ފެނިގެން ދިޔައި 2012 ވަނަ އަހަރު އެވެ. ގްރަމްޕީ އަށް ހާއްސަކޮށްފައިވާ މީސް މީޑިއާ އެކައުންޓްތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް އެކައުންޓްތަކެކެވެ.

އަމިއްލަ ނަމުގައި ވެބްސައިޓެއް ވެސް އޮންނަ ގްރަމްޕީ ކެޓްގެ ފޭސްބުކް އަށް މިލިއަން މީހުން ފޮލޯކުރާއިރު ގްރަމްޕީ އަށް ހާއްސަ ފިލްމެއްވެސް ވަނީ ތައްޔާރުކޮށްފަ އެވެ. ގްރަމްޕީ ކެޓަކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައިވާ މަޝްހޫރު ބުޅަލެކެވެ. އަދި ގިނަ އަދަދެއްގެ ޓީވީ ޝޯތަކުންވެސް މި ބުޅާ ފެނިގެން ގޮސްފައިވެ އެވެ.

ގްރަމްޕީ ކެޓަކީ މި ބުޅާ ގެންގުޅޭ ފަރާތަށް ބޮޑެތި މާލީ ފައިދާތަކެއްވެސް ހޯދައިދިން ބުޅަލެކެވެ. ގްރަމްޕީ ކެޓްގެ އިންސްޓަގްރާމް ޕޭޖަކީ ދެ މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހޫނ ޖަނާޒާ އޮތީ ކޮން އިރަކު!

    4
    1