އިއްޔެ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 52 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނުގެ އުފަންދުވަސް މިއަހަރު ވަރަށް އުފާވެރިކޮށް ފާހަގަ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް މީގެ ދެތިން އަހަރު ކުރިން ހާލަތު އޮތީ އެގޮތަކަށް ނޫނެވެ.
ނަޝީދުގެ އުފަންދުވަސް 2017 ވަނަ އަހަރު ބައްދަލު ކުރިއިރު އޭރު އެމަނިކުފާނުގެ ސަޕޯޓަރުންގެ ހިތުގެ އުދާސްތައް އެންމެ ފުރިހަމަ އަށް ތިލަ ކޮށްލައިދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
ނަޝީދުގެ އުފަން ދުވަހު 2017 ވަނަ އަހަރު ރައީސް ޞާލިހް ހެއްދެވި ޅެމެއް އެމަނިކުފާނު އެއަހަރުގެ މެއި 17 ވަނަ ދުވަހު ޓްވިޓާގައި އާއްމު ކުރެއްވިއެވެ. ޒަމާންވީ އެކުވެރިޔާ، އަދި އެންމެ ގާތް ސިޔާސީ ބައިވެރިޔާއަށްޓަކައި ރައީސް ޞާލިހް ކުރައްވަމުން ގެންދެވި އުއްމީދުތައް ޅެމުގައި ވިދާޅުވެފައި ވެއެވެ.
"ކަލާގެ އުފަންދުވަސް އުފަލުން މިއަދު ފާހަގަ ކުރަމުން މިދަނީ" ކަމަށް ވިދާޅުވެ ޅެން ފެއްޓެވި ނަމަވެސް ޅެމުގައި ނަޝީދު އަރިހުގައި ނެތް ކަމުގެ ފަޅުކަން ރައީސް ޞާލިހް އިހްސާސް ކުރައްވަމުން ގެންދެވި ކަން ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ޞާލިހް ވިދާޅުވެފައި ވަނީ ކިތަންދެ ދުރުގައި ޖިސްމާނީ ގޮތުން ނަޝީދު ހުންނެވި ނަމަވެސް ނަޝީދުގެ ރޫހު ވަނީ މިތަނުގައި (ރާއްޖޭގައި) ކަމަށެވެ.
ރައީސް ޞާލިހް ޅެން ނިންމަވާލައްވާފައި ވަނީ ބާއްޖަވެރި މިނިވަން މުސްތަގުބަލަކަށް އެދެމުންނެވެ. އަދި އަވަސް ބައްދަލުވުމަށް އެދެމުން "ކަލާ އަށް ހެޔޮ ދުޢާ" ކުރަމުންނެވެ.
ރައީސް ޞާލިހް މީގެ ދެއަހަރު ކުރިން އެހެއްދެވި ޅެން ނިންމަވާލައްވަމުން އެދިވަޑައިގެންނެވި ދެކަންތައް ވެސް މިހާރު ވަނީ ފުރިހަމަ ވެފައެވެ. އެއީ އޭރު ޖަލު ޙުކުމެއްގައި ހުންނެވި ނަޝީދު މިނިވަންވުމަށާއި ދެބޭފުޅުން އަވަހަށް ބައްދަލުވުމަށް އެދިވަޑައިގެން ކުރެއްވި އުއްމީދެވެ.
މިހާރު ނަޝީދުގެ ޖަލު ޙުކުމުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފިއެވެ. ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމުން ނަޝީދު ރާއްޖެ ވަޑައިގެން ދެބޭފުޅުންގެ ދެމެދުގައި ބައްދަލުވުންތައް ވެސް މިހާރު ބޭއްވެވެމުން ދާނެއެވެ.
Raees @mohamednasheed ah ufaaveri ufandhuvahakah edhen. pic.twitter.com/vF4Z7zF2Wd
— Ibrahim Mohamed Solih (@ibusolih) May 17, 2017
ކަލާ އަކީ ލޯބިވެރިންގެ މެދުގައި ބޭނުން ކުރެވޭ ބަހެއް ކަމަށް ހީވި ނަމަވެސް ދިވެހި ބަސް ފޮތުގައި އޮންނަ ގޮތުން ކަލާގެ މާނަ އަކީ ވެރިމީހާ ނުވަތަ ސާހިބު މީހާ އެވެ.
މީގެ ދެއަހަރު ކުރިން ވަރަށް ފުރިހަމަ ޅެމަކުން ރައީސް ޞާލިހް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރެއްވި ނަމަވެސް މިއަހަރު މީސް މީޑިއާ މެދުވެރިކޮށް ރައީސް ޞާލިހް ނަޝީދަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެއް ނުވެއެވެ.
ފިރިހެނުން ފިރިހެނުންނަށް ކަލާ، މަލާ ކިޔާ ވާހަކަ ދެއްކީމާ ވަރަށް ރަނޑު.. ހަމަ ބުނެލީ..
ހިންނަވަރުގެ ގަސްތަކަށް ނިދަން އަރާއުޅުނު ކުކުޅު ގެއްލުނު ޒަމާނުގެ ފޮޓޯއެއް ދޯ އެއީ
މާގިނައިރެއްނުވެ ސޯލިހު ޓްވީޓް ކުރާނެ.
އައްޗިޑި ކަލާއޭ
މިހާރު އެއީ ވަރިކުރި ފުޅު. ކުރިން ކަލާ...
އިބޫގެ ވެރިއަކީ، ނުވަތަ ސާހިބަކީ ކާކު ކަން އަބަދުވެސް ދިވެހިން ދަނޭ.. އެއީ ނަޝީދު ބޭނުންވީމާ، ބޭނުން ކޮޅަކަށް އަނބުރާލެވޭ ސޯބެއްކަން ވީ އޯލް ނޯ..
އަސި މިވީތަނަށް އެއްވެސް ކަމެއް މިގައުމަށް ނުކިށްދޭ
ދިވެހި ބަސްފޮތުގައި އޮންނަނީ ދިވެހިބަހެއްނޫން، ދެތިން މީހަކު އެމީހުން ބޭނުންގޮތް. ޢޮތަސް ނެތަސް ކަލާ އެއީ އިސްގީ ލަފްޒެއް
ރަދީފުގަ ކޮންމެ ގޮތަކަށް އޮތަސް ކަލާ އަކީ ލޯބީގެ ވާހަކަތަކުގައި ދެ ލޯބިވެރިން އެކަކު އަނެކަކަށް ކިޔާއުޅެ ގޮތެއް. !"
އޮކްސްފޯރޑް ޑިކްޝަނަރީ ގައިވެސް ކުށް ހުރޭ. ކޮންމެ ގޮތެއް ވިޔަސް "ކަލާ" އަކީ އަންހެނަކު ފިރިހެނަކަށް ނުވަތަ ފިރިހެނަކު އަންހެނަކަށް ހިތާވެގެން ގޮސް ލޯބިވެން ގޮސް ތަތްތެޅުނީމާ ބޭނުން ކުރާ ބަހެއް. ރަދީފުން މިކުށް ރަނގަޅު ކުރުމަށް ގޮވާލަން.
ހިތާވެގެން ގޮސް "ހެސް ކެނޑުނީމާ"، ބޭނުން ކުރާ ބަހެއް "ކަލާ" އަކީ.
އައްޗީޑިއޭ!