މަޝްހޫރު ފިލްމީ ޖޯޑު، އަޙްމަދު ސަޢީދު އާއި ފާތިމަތު އާޒިފާ (އަޒޫ) އަށް އަންހެން ދަރިއެއް ލިބިއްޖެއެވެ.

އަޒޫ ވިހާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

އަޒޫއާއި ސައީދަކީވެސް ފިލްމީ ދާއިރާގައި ވިދުން ގަދަ ދެތަރިންނެވެ. ފީޗާ ފިލްމުތަކުގައިވެސް ދެ ތަރިން އެކުގައިވެސް ފެނިފައިވާ އިރު، ރާއްޖޭގައި މިހާތަނަށް ނުކުތް އެންމެ ވަރުގަދަ އެއް ފިލްމް ލޫދިފާއިންވެސް އެ ދެމީހުން ފެނިފައިވެއެވެ. އަޒޫ އެންމެ ބޮޑަށް ވިދާލާފައި ވަނީވެސް އެ ފިލްމުންނެވެ.

ސައިދާއި އާޒިފާ ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ. އޭރުއްސުރެ އެކުގައި ފެނިގެންދިޔަ ދެ މީހުންނަކީ ފިލްމީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޖޯޑު ކަންވެސް ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިޔާނާ

    ހާދަހާ ތަރިންނެއް ވިހާ ދުވަސް ކޮޅެކޭ ދޯމީ. ވިހާ ސީޒަން ތޯއްޗެއް.

    36
    4
    • ސަލާހު

      ޔާގީންތާ.

      27
      2
  2. ސަމޭދާން

    ސައިއްޓެވަރެއް ހަމަނެތޭބުނެވޭނީ.

    13
    16