އިންޑިއާގެ ކްރިކެޓް ލީގު، އަދި ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އައިޕީއެލްގެ މުމްބާއީ އިންޑިއަންސްގެ ކެޕްޓަން ރޯހިތު ޝަރުމާ، ލޯބިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރޯހިތާއި އޭނާގެ ލޯބިވެރިޔާ ރިތިކާ ސަޖުދޭ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޑަބްލިއު މޯލްޑިވްސް ރެސޯޓުގައެވެ. ރޯހިތު އަދި ލޯބިވެރިޔާގެ އިންސްޓާގްރާމްގެ ޕޯސްޓްތަކާއި ސްޓޯރީތަކުންވެސް ރާއްޖޭގެ ރީތިކަން ދައްކާލާފައިވާ އިރު، ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައްވެސް ސްޓޯރީއާއި ޕޯސްޓްތަކުން ފެނެއެވެ. އިތުރު ބައެއް އާއިލާ މެމްބަރުންނާވެސް އެކު ރޯހިތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު، ޕޯސްޓްތަކުގައި ވަރަށް ބޮޑަށް ރާއްޖެއަށް ތައުރީފް ކޮށްފައިވެއެވެ.
"މިއީ ގެއިން ދުރުގައިވެސް ގެއެއް، ރާއްޖެއަކީ ރީތިކަމުގެ އިންތިހާ، އެންމެ ހިތްގައިމު ތަން،" ރޯހިތުގެ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އައިލީގުގެ ސީޒަނަށްފަހު ރޯހިތަށް ދެން އޮންނާނެ މުބާރާތަކީ އައިސީސީ ކްރިކެޓް ވޯލްޑް ކަޕެވެ. އިންޑިއާ ގައުމީ ޓީމާއެކު އުމުރުން 32 އަހަރުގެ ރޯހިތު އެ މުބާރާތަށް ނުކުންނާނީ މޭ މަހުގެ 30 ވަނަ ދުވަހުއެވެ.
މިއަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އޮންނާނީ އިންގްލެންޑާއި ވޭލްސްގައެވެ.
ފުޓުބޯޅަ އަދި ކްރިކެޓް ފަދަ ކުޅިވަރުތަކުގެ ތަރިން، އޮފް ސީޒަނާ ދިމާކޮށް ރާއްޖޭގެ ރީތި ކަމުގައި ހިތްގައިމު ދުވަސްތަކެއް ހޭދަކޮށްލުމަށް މިހާރު ދަނީ އަންނަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޓީމުތަކަށް ކުޅޭ ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެއެވެ.
ތިމީހުންގެ ފަރާތުން ލިބޭނީ ޔޫރަޕް އާދައި ގެސްޓެއްގެ އަތުން ލިބޭ އެއްޗެއްގެ 1/10 ނަމަވެސް ޔޫރަޕް 20 ގެސްޓުން ބެލުމާއި ތިއިން އެކަކާއި އެއްވަރުވާނެ.