ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ވިދުންގަދަ ތަރި ސުނީތާ އަލީ (ސުނީ) އަކީ އަބަދުވެސް ތަފާތު ކަންކަމުގެ ތެރެއިން ހެޑްލައިންތަކުން ޖާގަ ހޯދާ ފަންނާނެކެވެ. އަބަދުވެސް އެހީއަށް އެދޭ އެތައް ބަޔަކަށް އެހީ ފޯރުކޮށްދިނުމުގެ ތެރެއިންނެވެ. ނޫން ނަމަ، އޭނާގެ އެންމެ ބޮޑު "އިންސްޕިރޭޝަން" ޕްރިޔަންކާގެ ކަމެއްގައެވެ. އެތައް ބަޔަކު ސުނީތާއަށް ފާޑު ކިޔާ ނަމަވެސް، އެކަމަށް އެއްވެސް އިރެއްގައި ސުނީ ފަހަތަކަށް ނުޖެހެއެވެ.

ސުނީގެ ފަރާތުން އަބަދުވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީވެސް އެއީއެވެ. މީހުން ކިޔާނެ އެއްޗެއް ކިޔަންވީއެވެ. ސުނީ ދާނީ ކުރިއަށެވެ. އެންމެ ބޮޑު އިންސްޕިރޭޝަން ޕްރިޔަންކާއާވެސް ބައްދަލުކުރީއެވެ. އޭރުވެސް އެތައް ބަޔަކު ސުނީއަށް ޖޯކުވެސް ޖެހިއެވެ. އެހެން ނަމަވެސް ސުނީގެ ޓާގެޓަށް އަބަދުވެސް ވާސިލްވާނީ ފާޑުކިޔުންތަކުން ހިތްވަރު ލިބިގެންނެވެ.

ކޮންމެ އަހަރަކުވެސް ސުނީގެ ފަރާތުން ހާއްސަކަމެއް ފާހަގަކޮށްލެވޭ ދުވަހަކީ އުފަން ދުވަހެވެ. މިމަހުގެ 28 ވަނަ ދުވަހަކީ ސުނީގެ އުފަން ދުވަހަށްވާ އިރު، އޭނާގެ ފޭނުން މިހާރުވެސް ދަނީ އުފަން ދުވަހުގެ ސަޕްރައިޒަކަށް އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރަށް ސުނީ ތަފާތުކަންވެސް ގެނެސްދޭނެ ކަން ޔަގީނެވެ.

"ވަގުތު"އަށް ސުނީ ބުނެފައި ވަނީ މިފަހަރުގެ އުފަން ދުވަހު ހާއްސަ ކަމަކަށް ކުރަން ގަސްތުކޮށްފައި ވަނީ ހާލުގައި ޖެހިފައިވާ ބައެއް ފަރާތްތަކަށް އެހީވުން ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެވޭނެ ގޮތެއް ހޯދާފައިވާ އިރު، ސުނީ ގަސްތުކޮށްފައި ވަނީ ލެބަނާންގައި ދިރިއުޅޭ ފަލަސްތީން އަދި ސީރިއާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމަށެވެ.

"ކުރިން ވިސްނީ އެތަނަށް ގޮސް ޑޮނޭޓް ކުރަން. އެކަމަކު ރޯދަމަހުގެ ކަންކަން ހުރި ގޮތުން އެތަނަށް ދެވޭކަށް ނެތް. ދެން އެކޮޅުގައި ތިބޭނެ ވަރަށް ގާތް ބައެއް، އެމީހުން މެދުވެރިކޮށް މި ޑޮނޭޓް ކުރަނީ،" ސުނީ ބުނެފައިވެއެވެ.

ސުނީގެ އުފަން ދުވަސް މިފަހަރުވެސް ތަފާތު ކޮށްލީއެވެ. މިފަހަރު ހާއްސަކޮށްލީ ހާލުގައި ޖެހިފައިވާ މުސްލިމުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ލޮލް

    6
    16
  2. Anonymous

    ރަނގަޅު ސުނީ! ހަހަހަ

    30
    1
  3. މުހައްމަދު

    ހެޔޮރަހްމަތް ލައްވާށި. އެކަމަކު މީސްތަކުންނަށް އެހީވާންވީ ވީހާވެސް ބޮޑަކަށް ސިއްރުން.

    34
    • ދފދ

      ފަހުން ސިއްރުކުރާނީ، މިވެސް އޮންނަ ކަމެއްކަން ގިނަބަޔަކަށް އިނގޭނީ އަދި ކުރާހިތްވާނީ އިސްތިހާރު ކުރީމާ.

  4. ފުއްޕޭ

    ސާބަސް ސުނީ ކުރިއަށް؛؛

    24
    1
  5. ޢަލީ

    .ނޫސްތަކައް ނާރުވަވެސް ތިކަންވާނެ......

    12
    4
  6. ާސުނީ ފޭން

    ސުނީތާ ދޮންވަނީ ކިހިނެއް

    6
    4
    • އަލީ

      ފޮޓޯ ފިލްޓާ އެޕް އިން

      5
      4
  7. ޙަސަން

    މި ބަރަކާތްތެރި ރަމަޟާން މަހު ކަނބުލޮއަށް ދޭންއޮތް ހެޔޮ ނަޞޭޙަތަކީ ރީތިކޮށް ބުރުގާ އަޅައިގެން އިސްލާމްދީނުގައި އަންހެނުންނަށް އުޅުމަށް އަންގަވާފައިވާ ރިވެތި އުޞޫލްތަކާއި އެއްގޮތަށް ދިރިއުޅެ ދުނިޔޭން ވަކިވެ ދިއުމަށް މަސައްކަތް ކުރުމަށެވެ. ތިބާގެ އަޖަލު އައިސް ޖެހޭނީ ކޮން އިރަކުން ކަމެއް ތިބާއަކަށްވެސް ނޭނގެއެވެ. ވީއިރު މުޅިއުމުރު ތިގޮތަށް ނެށުމާ ގުޅިވަރުގެ ދުނިޔޭގައި އުޅުމުގެ ބަދަލުގައި ފުން ވިސްނުމުން ވިސްނައި ބަދަލުގެނައުން ވަރަށް މުހިއްމެވެ.