ދުނިޔޭގެ ޖަނަވާރުތަކަށް ބަލާލާއިރު ތަފާތު ސައިޒް ތަކުގެ ޖަނަވާރުތައް ހުރެއެވެ. ބޮޑެތި ޖަނަވާރުތަކާއި ކުދި ޖަނަވާރުތަކެވެ. އޮސްޓްރޭލިޔާގެ ޖަނަވާރު ކޮއްޓެއްގައި ދިރިއުޅެމުން އަންނަ މި ގެރި އަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގެރި ކަމަށް ވެއެވެ.

މި ގެރީގެ ވެރި ފަރާތުން ބުނެފައިވަނީ މި ގެރިއަށް ކިޔާ ނަމެއް އޮންނަ ކަމަށާއި އެއީ "ނިކަރެސް" ކަމަށެވެ. މި ގެރީގެ ދިގު މިނުގައި 6 ފޫޓް 6 އިންޗް ހުރެއެވެ. އަދި ބަރުދަނުގައި 1360 ކިލޯ ހުރެއެވެ. މީގެ މާނައަކީ މިގެރީގެ ބަރުދަން މިނީ ކޫޕާ ކާރަކާ އެއްވަރެވެ.

އާއްމުކޮށް ގެރީގެ ބަރުދަނުގައި ހުންނަނީ 600 ކިލޯއެވެ. މީގެ މާނައަކީ ނިކޮލަސްއަކީ އާދައިގެ ގެރިޔަށް ވުރެ ދެ ގުނަ ބަރު ގެރިއެކެވެ.

މިގެރީގެ ވެރި ފަރާތުން މިއީ ދުނިޔޭގައިވާ އެންމެ ބިޔަ ބޮޑު ގެރި ކަމަށް ބުނި ކަމުގައި ވީނަމަވެސް، ގެރީގެ ބަރުދަނަކީ ރިކޯޑް ކުރެވިގެން ބެލެހެއްޓޭ އެއްޗެކަށް ނުވާތީ، މި މަޢުލޫމާތު ސައްޙަކަންވަނީ ކަށަވަރު ނުވެފައެވެ. މިގެރީގެ ވެރި ފަރާތުން ބުނެފައިވަނީ، ގެރީގެ ސައިޒްގެ ބޮޑު ކަމުން މި ގެރި ކަތިނުލެވޭ ކަމަށާއި ކަތިލަން ގެންގުޅޭ މެޝިނަށްވުރެ މި ގެރި ބޮޑު ކަމަށެވެ. މިހެންވެ، މި ގެރި މަރުވަންދެން ކޮށީގައި ގެންގުޅޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިްއިންޑިއާ

    ތި ގެނޭ އަވަހަށް

  2. ކިޔުންތެރިޔާ

    މޯދީ ބާ؟؟???

  3. އަހްމަދް

    މޯދީ ވަރަށް ދަހިވާނެ ތިކަންތަށް އެނގިއްޖެެއްޔާ.