ބައެއް މީހުން ޤަބޫލު ކުރާގޮތުގައި ޑޭޓް ކުރުމަކީ ބޮޑު ވޭނެކެވެ. އަދި ސިންގަލްކޮށް ހުރުމަކީ ތިމާއަށް ވަގުތު ހުސްވެ، ތިމާ ހިތްހަމަ ޖެހިގެން ހުރުމަށް ލިބިދޭ ބާރެކެވެ. މިގޮތަށް ބުނާ މީހުން ދައްކާ ދެތިން ހެއްކެއް އޮވެއެވެ.

މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އެޖެހުނީ ދެމީހުނާ ދޭތެރޭގައި ވިސްނާށެވެ. ކޮންމެ ކަމެއްވެސް ކިރުމުގެ ކުރިން ބައިވެރިޔާ ދެކޭނެގޮތަކާމެދު ވިސްނާން ޖެހޭނެއެވެ، އަދި ތިމާ ކިތަންމެ ބޭނުންވިޔަސް ބައިވެރިޔާ ނުރުހޭތީ ނުކޮށް ދޫކޮށްލާ އެތައް ކަމެއް ހުންނާނެއެވެ. އެހެންނަމަވެސް ސިންގަލް ނަމަ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ. ބޭނުން ކަމެއް ކުރަން ވީއެވެ.

ބައެއް ފަހަރަށް ލޯބީގެ ގޮތުން ބައިވެރިޔަކާ ގުޅިއްޖެނަމަ ބޮޑުތާ އެޖެހެނޫނީއެވެ. ކުޑައިރުއްސުރެ ވާހަކަ ދައްކަމުން އަންނަ ރަޙްމަތްތެރިޔާއާއު ގުޅުން ކަޑާލަން ޖެހެއެވެ. އަދި ނުކުރާ ކަމެއްގައި ތިމާގެ ބޯގާނަން ޖެހެނީ މަދު ފަހަރަކު ނޫނެވެ. ސަބަބަކީ ގިނަ ފަހަރަށް ބައިވެރިޔާ ވެގެން އުޅޭގޮތެއް ބުނާނީކީ ނޫނެވެ. އެހިޔަސް އަރާނީ ރުޅިއެވެ. ނޭހިޔަސް އަޅާނީ ރުޅިއެވެ.

ސިންގަލްކޮށް ހުރުމުން ތިމާއަށް ބޮޑެތި ހިތްހަމަޖެހުންތަކެއް ލިބެއެވެ. މީހެއްގާތު ނާހާ ބޮޑުވުމުންވެސް ބޭރަށް ދިއުމުގެ ހުއްދަ އޮންނަނީ ތިމާ ސިންގަލްނަމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަަދިން

    ބޭކާރު ލިޔުމެއް