އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މިޝޭލް ވަޓްސަން ނަމަކަށް ކިޔާ ކުއްޖަކު ބަރުދަން ލުއިކުރުމަށް ބޭނުން ކުރީ މޮޅު އުކުޅެކެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދަނީ ހިނގާފައެވެ. އެނބުރި ގެއަށް އަންނަނީ ހިނގާފައެވެ. މިގޮތަށް އޭނާ ދެ އަހަރު ވަންދެން ކަންތައްކުރިއެވެ. އޭގެ ނަތީޖާވެސް ވަރަށް ފޮންޏެވެ.

މި ދެ އަހަރު ތެރޭގައި އޭނާ 52 ކިލޯ ލުއިކޮށްލައިފިއެވެ. މީގެ ދެ އަހަރު ކުރިން އޭނާގެ ބަރުދަނުގައި ހުރީ 152 ކިލޯއެވެ. އަދި އިސްކޮލޫގައި 6 ފޫޓަށްވުރެ ދިގެވެ. އޭނާގެ އެ ބަރުދަނުގެ ސަބަބުން ސްކޫލް ތެރޭގައި އޭނާއަށް ބުލީ ކުރުން އިންތިހާއަށް އޮވެެއެވެ.

އެހެންވެ އޭނާ އަމިއްލައަށް ނިންމީ އެކަންކަން ބަދަލު ކުރާށެވެ. އެހެންވެ ކެއުމަށްވެސް ބަދަލުތަކެއް ގެނެސް ކޮންމެ ދުވަހަކު ސްކޫލަށް ހިނގާފައި ދާން ފެށިއެވެ. ހިނގާފައި ސްކޫލަށް ދާން 20 ވަރަކަށް މިނިޓް ނެގި ނަމަވެސް ވަރުބަލިވި ނަމަވެސް ހުއްޓުމެއް ނެތި ކޮންމެ ދުަވަހަކު ބަރުދަން ލުއި ކުރުމުގެ އެ އަޒުމުގައި ސްކޫލަށް ދާން ހިނގައި ގަނެއެވެ.

އަދި މިހާރު އެ ޒުވާނާ ސްކޫލް ނިމިއްޖެއެވެ. އަދި ގްރެޑުއޭޝަންއަށް ހަފްލާ އޮތީ މާ ދުރަކު ނޫނެވެ. އެ ޒުވާނާގެ ހިތްވަރުން ބަރުދަން ލުއިކޮށްލައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު