ލޭގެ ގުރޫޕް (Blood Group)ކަނޑައަޅަނީ އުފެދުމުގައި ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނަ ''އެންޓިޖަން''(Antigen) ތަކާއި ގުޅުވައިގެންނެވެ. މިގޮތުން ހުންނަ އެންޓިޖަން އަކީ ޕްރޮޓީން، ކާބޯހައިޑްރޭޓް، ގްލައިކޯ ޕްރޮޓީން ނުވަތަ ގްލައިކޯ ލިޕިޑް ކަމަށް ވެސް ވެދާނެއެވެ. ބައެއް ވައްތަރުގެ އެންޓިޖަންތައް ލޭގެ ރަތް ސެލް ނޫން އެހެން ސެލްތަކުގެ ސަތަހައިގައި ވެސް ހުރެދާނެއެވެ

ލޭގެ ގުރޫޕްގެ ވައްތަރުތައް

މިއެންޓިންޖަންތައް ހަށިގަނޑުގައި ހުންނަ ހުރުމަށް ނިސްބަތްކޮށް ލޭ މައިގަނޑު 4ގްރޫޕަކަށް ބެހިފައިވެއެވެ.

* އޭ ގްރޫޕް( %42): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ އޭ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިބީ ހަށިދަމަނަ ނުވަތަ އެންޓިބީ އެންޓިބޮޑީ އެވެ.

* ބީ ގްރޫޕް(%9): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ ބީ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިއޭ ހަށިދަމަނަ ނުވަތަ އެންޓިއޭ އެންޓިބޮޑީ އެވެ.

* އޭބީ ގްރޫޕް( %3): ލޭގެ ރަތް ސެލްގެ ސަތަހައިގައި އޭ އަދި ބީ އެންޓިޖަން ހުރެއެވެ. ޕްލާޒްމާގައި ހަށިދަމަނަތަކެއް ނުހުރެއެވެ.

* އޯ ގްރޫޕް( %46): ލޭގެ ރަތް ސެލްގެ ސަތަހައިގައި މިއިން އެއްވެސް އެންޓިޖަންއެއް ނުހުންނާނެއެވެ. ޕްލާޒްމާގައި އެންޓިއޭ އަދި އެންޓިބީ ހަށިދަމަނަތައް ހުރެއެވެ.

އޭ އަދި ބީ އެންޓިޖަން ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުގައި ވެސް ހުރެއެވެ. މިގޮތުން ގުރުދާ، ޗިސްމޭ، މޭގަނޑު، ފުއްޕާމޭ، އުރަވަޅި، ކުޅުބޭރުކުރާ ގޮށްތައް ފަދަ ޓިޝޫތަކުގައި ހުރެއެވެ. ލޭގެ ގްރޫޕްތަކަކީ ''އޯޓަސޯމް''(Autosome)ގެ އެހީގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ސިފައެކެެވެ.

މަސްދަރު: ކަވާސާ

ކިޔުންތެރިންގެ ހިޔާލު