ގިނަ ބައެއްގެ މަގުބޫލުކަމެއް ލިބުން ޕްރިޔާ ވާރިއޯގެ ވީޑިޔޯގައި ހިމެނޭ އެއް ލޯ މަރާލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިމަނައިގެން އިންޑިއާގެ ވެރޮޑޯރާ ސިޓީގެ ފުލުހުން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އެ ފޮޓޯ ހިމަނައިގެން ފުލުހުން ކެމްޕޭނެއް ފަށާފައި ވަނީ އެކްސިޑެންޓްތައް މަދު ކުރުމުގެ ބޭނުމުގައެވެ. އެގޮތުން ޕްރިޔާގެ އެ މަންޒަރު ފެންނަ ފޮޓޯއާއެކު، މަގުމަތީގައި ބާރަށް އެއްޗެހި ނުދުއްވުމަށް އިރުޝާދު ދީފައި ވެއެވެ.

"ދުއްވާއެއްޗެހި ދުއްވާއިރު، ބަލައިގެން ދުއްވާތި. އެސްފިޔަ ޖަހާހާ އަވަހަށް އެކްސިޑެންޓެއް ވެދާނެ".

މިހާރު އެ ފޮޓޯ މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މިއި މިގޮތަށް ފުލުހުން ކުރިއަށްގެންދާ ފުރަތަމަ ކެމްޕޭނެއް ނޫނެވެ. މީގެ ކުރިންވެސް އެ މީހުން ތަފާތު އެކި ކެމްޕޭން ޖައްްސާ ރައްޔިތުންނަށް ނަސޭހަތްދީފައި ވެއެވެ. މިގޮތަށް އެ ކެމްޕޭންތައް ކުރިއަށްގެންގޮސްފައި ވަނީ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށެވެ. މިއީ ޒުވާނުންނަށް ފުލުހުން ދީފައިވާ ވަރަށް ރަނގަޅު މެސެޖެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.