ބްރެޒިލްއަށް ނިސްބަތްވާ މި އަންހެން މީހާއަކީ އޭނާގެ މޫނުގައި އިންނަ ލަފެއްގެ ސަބަބުން މިހާރު މީހުންގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ މީހެކެެވެ. މާރިއާނާ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ އުފަންވިއިރުއްސުރެ އެ އުފަންލަށް އިދެއެވެ.

މާރިއާނާގެ އެ ތަފާތު އުފަންލަފާއި ހެދި އޭނާ ދެރައެއް ނުވެއެވެ. އަދި އޭނާ ބުނިގޮތުގައި، އެ އުފަންލަފަކީ އޭނާގެ އެންމެ ހާއްސަ އެއް ކަމެވެ. އަދި އެއީ ވަރާށް ތަފާތު ރީތިކަމެއްކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން މިކަން ފޮރުވާކަށް ބޭނުމެއް ނޫން. އެއްވެސް ވަރަކަށް މަސައްކަތްވެސް ނުކުރަން ފޮރުވާކަށް". އޭނާ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މާރިއާނާ ދުވަހަކުވެސް އެ އުފަންލަށް ފޮރުވުމަށް މޭކަޕެއްކޮށްފައެއް ނުވެއެވެ. އަދި އެއްވެސް ވަރަކަށް އެ ލަށް ފިލުވުމަށް މަސައްކަތްކޮށްފައެއްވެސް ނުވެއެވެ.

މިހާރު މާރިއާނާ މަސައްކަތް ކުރަމުންދަނީ ހެދުން ޑިޒައިން ކުރާ ތަނެއްގެ މޮޑެލްއެއްގެ ގޮތުގައެވެ. އަދި މިހާރުވެސް 21000 މީހުން އޭނާގެ އިންސްޓަގްރާމް ފޮލޯވާސް ތެރޭގައި ހިމެނެއެވެ.

އޭނާ ބުނިގޮތުގައި، އޭނާގެ އެ ލަފުގެ ސަބަބުން މީހުން އެއްޗެހިވެސް ކިޔައެވެ. އެހެން ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުމުދު

    ވަރަށް ރަނގަޅު މިންވަރައް އީމާން ވާންޖެހޭނެ ކަނބުލޮ ފަހުން އިސްލާމް ވާނެކަމަށް އުއްމީދު ކުރަން....