ޗައިނާގެ ޕްރޮވިންސްގައި ދުވާލުގެ ވަގުތެއްގައި އުމުރުން ތިން އަހަރުގެ ކުޑަކުއްޖެއް ވަގަށް ނަގައިގެން ގެންގޮސްފިއެވެ.

ޗައިނާގެ ޑަންގުއާން ޕްރޮވިންސްގައި އުމުރުން 30 އަހަރުގެ ފިރިހެނަކު އުމުރުން ތިން އަހަރުގެ ކުއްޖެ ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު ވަނީ މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އާންމުވެފައިވާ ވީޑިއާއިން ފެންނަ ގޮތުގައި މަގުމަތިން ހިންގާފައި ދިޔަ ކުޑަކުއްޖެ އެ ކުއްޖާގެ ނުރުހުމުގައި ނަގައިގެން ގެންދާ މަންޒަރު ފެނެއެވެ.

އުމުރުން 30 އަހަރުގެ ލިއު ނަމަކަށް ކިޔާ މި މީހާ ފުރަތަމަ މަސައްކަތް ކުރީ އެކުއްޖާގެ ބޭބެ ނަގައިގެން ފިލާށެވެ. ނަމަވެސް ކުއްޖާގެ ބޭބެ ދާން ދެކޮޅު ހެނދުމުން އުމުރުން ތިން އަހަރުގެ ކުއްޖާ ގޮވައިގެން ފިލީއެވެ.

ޗައިނާގެ ފުލުހުން މިހާރު ވަނީ މި މީހާ ހައްޔަރުކޮށް އެކުއްޖާ ސަލާމަތްކޮށްފައެވެ. މި މީހާ މި ކުއްޖާ ވަގަށް ނަގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާ އަކީ ދޭތެރެ ދޭތެރެއިން ކުޑަކުދިން ވަގަށް ނަންގާ ކުޑަކުދިންގެ ވަގު ވިޔަފާރި ކުރުން އިތުރުވަމުން އަންނަ ގައުމެކެވެ.