އަރުޖުން ކަޕޫރް އާއި މަލައިކާ އަރޯރާ އާ ދެ މީހުންގެ ކައިވެނި ވަރަށް އަވަހަށް ކުރެވިގެންދާނެކަމަށް ވާހަކަތަކެއް ދެކެވިގެން ދިޔައެވެ. ނަމަވެސް މިހާރު މި ދެ ތަރިންވެސް ކައިވެންޏާއި ގުޅޭ އިތުރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަހަލައެވެ.

އަރުޖުން މިހާރު އުޅެމުން ދަނީ ވަަރަށް ބިޒީކޮށެވެ. މެއި 24 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ އޭނާގެ ފިލްމްގެ ޕްރޮމޯޓިންގ މަސައްކަތުގައި އަވަދިނެތިއެވެ.

ނަމަވެސް މި ފަހުން ދިން އިންޓަވިއެއްގައި އަރުޖުން ވަނީ، އޭނާ އެހާ އަވަހަށް ކައިވެނި ކުރަން ނޫޅޭކަމަށް ބުނެފައެވެ. އަދި ކައިވެނި ކުރާ ފިރިހެނުން ތަލަވާކަމަށް ބުނެ އޭނާ ވަނީ ޖޯކްވެސް ޖަހާފައެވެ.

"ކައިވެނި ކުރުމުގެ ޕްލޭންއެއް އަދިނެތް. ކައިވެނި ނުކުރާނަމެކޭ ނުބުނާނަން. ކައިވެނި ކުރުމުން މީހުން ތަލަވޭ". އަރްޖުން ބުންޏެވެ.

އޭނާ ބުނީ، ކައިވެނި އެހާ އަވަހަށް ކުރެވިގެން ނުދާނެ ކަމަށާއި، ކައިވެނި ކުރާކަމުގައި ވަނީނަމަ އެކަން އަންގާނެ ކަމަށެވެ.

މިދިޔަ މާރިޗް މަހުން ފެށިގެން އަރްޖުން އާއި މަލައިކާއާ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަރަށް ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައެވެ. އަދި ދެ މީހުން އެކުގައި ގިނައިން ފެނުނު ނަމަވެސް އަރްޖުންގެ ބައްޕަ ވަނީ އެކަން ދޮގުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭވީ

    ނުވެސް ގުޅޭ އަރުޖުން އަކާ ތި މަލައިކާ ދައްތައެއް އަރުޖުންއަށް ތިޔަވުރެ ޔަންގް ގުޑްލުކިން ކުދިން ވާނެ. ތި މަލައިކާ ހީވަނީ އަރުޖުންގެ ދައްތައެއްހެން.