ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓީވީ ޗެނެލް، އަދި ހަބަރު ފަތުރާ ވަސީލަތް ބީބީސީން އެންމެ ފުރަތަމަ ހަބަރުކީ އަންހެން މީހާ މަރުވެއްޖެއެވެ.

ނޭން ވިންޓޮން ނަމަކަށް ކިޔާ އެމީހާ ބަލިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ މި މަހު އަށްވަނަ ދުވަހުއެވެ. އުމުރުން 93 އަހަރުގައި ނޭން މަރުވެފައި ވަނީ މިމަހު 11 ވަނަ ދުވަހުއެވެ.

މީގެ އެތައް އަހަރެއް ކުރިން 1960 ވަނަ އަހަރު ނޭންއަކީ ވަރަށް މަޝްހޫރު ޝަހުސިއްޔަތެކެވެ. ބީބީސީން ހަވީރު 6:00ގައި ގެނެސްދޭ ބްލެޓިންގެ އިތުރުން އާންމުކޮށް އާދީއްތަ ދުވަހު ހެނދުނު ގެނެސްދޭ ނިއުސް ބްލެޓިންގައިވެސް ނޭން ފެންނަ އިރު، އޭނާ ފާހަގަކޮށްލެވުނީ ހުނަރިވެރި ހަބަރު ކިޔުންތެރިއެއްގެ ގޮތުގައެވެ. އަދި އޭރު އެހެން މީޑިއާ އައުޓްލެޓް ތަކުންވެސް ހަބަރު ގަޑިތަކުގައި އަންހެން މޫނު ފެންނަލެތް މަދެވެ.

އޭރުގެ ކަންކަމަށް ބަލާ އަންހެނަކު ހަބަރު ކިޔަން އެރުމަކީ އެންމެން ބަލައިވެސް ގަންނަ ކަމެއް ނޫނެވެ. ގިނަ ބަޔަކު އެކަމަށް ފާޑުކިޔާ އިރު، ނޭންއަކީ އެކަމަށް ދެކޮޅު ހަދާ، އިންކާރުވެސް ކުރި މީހާއެވެ.

ހަބަރު ކިޔަން އެރުމުގެ ކުރީގައި ނޭންއަކީ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އަދި އޭނާގެ ވަރުގަދަ ބަސްތައް މިހާރުވެސް ނޫސްވެރިކަމުގެ އެކިއެކި ފޯރަމްތަކުގައި ބޭނުން ކުރަމުންދެއެވެ. ހާއްސަކޮށް އަންހެނުން ނޫސްވެރިކަމުގެ ދާއިރާއަށް ވަނުމަށް ނޭން ވެގެންދަނީ އެންމެ ބޮޑު ހިތްވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު

    އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން

    7
    3