އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ވެސް ދާދި އެއްގޮތް ގޮތްތަކެއް ހުންނަ ކަމަށް ސައިންސްވެރިނާއި އަލަށް ހަދާ ދިރާސާ ތަކުން ދައްކާ އިރު ރާމާ މަކުނާއި ގޮރިއްލާ އަކީ އިންސާނުންގެ މިޒާޖު ވަރަށް ގާތް ކުރާ ދެ ޖަނަވާރެވެ.

އެމެރިކާގެ ފިލިޑޯފިއާގެ ޒުލެއްގައި ދިރި އުޅޭ އުމުރުން 18 އަހަރުގެ ލުއިސް ނަމަކަށް ކިޔާ މި ގޮރިއްލާ އަކީ އިންސާނުން ހިނގާ ގޮތަށް ދެ ފައިމައްޗަށް ކޮޅަށް ތެދުވެ ހިނގާ ގޮރިއްލާއެކެވެ. ލުއިސް ހިގާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައި ވާއިރު އެތަށް ބަޔަކު ދަނީ މި ވީޑިއޯ ފެނި ހައިރާންވަމުންނެވެ.

އާންމުވެފައި ވާ ވީޑިއޯގައި ފެންނަނީ ލުއިސް ދެ އަތަށް ދެ އާފަލު ލައިގެން ވަރަށް ހަލުވިކޮށް ހިނގާފައި ދާ މަންޒަރެވެ. ލުއިސް މިގޮތަށް ހިނގާފައި ދަނީ ބިންމަތި ހަޑިވެފައި ހުރުމުން ކަމަށް އެމެރިކާގެ ފިލިޑޯފިއާގެ ޒުލުން ބުނެއެވެ.

ލުއިސް އަކީ އަބަދުވެސް ސާފުތާހިރުކޮށް އުޅޭ ގޮރިއްލާއެއްކަމަށް އެ ޒުލުން ބުނެއެވެ.

އިސްކޮޅުގައި 6 ފޫޓު އަދި ބަރުދަނުގައި 200 ކިލޯ ހުރި ލުއިސްއާ ބެހޭ ގޮތުން ފިލިޑޯފިއާގެ ޒުލުގެ އޮފިޝަލަކު ވިދާޅުވީ ގޮރިއްލާތަށް ދެ ފައިމައްޗަށް ހުރެ ގޮރިއްލާ ހިނގާ މަންޒަރަކީ އާންމު ކަމެއް ކަމަށާއި ނަމަވެސް ލުއިސްގެ ކިބައިން މިކަން މާބޮޑަށް ފާހަގަ ވާކަމަށެވެ.

ބައެއް މީހުން ވަނީ ލުއިސްގެ ވީޑިއޯއަކީ އެޑިޓް ކޮށްފައިވާ ފޭކް ވީޑިއޯ އެއް ކަމަށް ބުނެފައެވެ. އަދި އެއް ބަޔަކު ބުނަނީ އެއީ ގޮރިއްލާއެއްގެ ކޮސްޓިއުމް އަޅުވާފައި ހުރި މީހެއް ކަމަށެވެ.