އުމުރުގެ ދޮށީ ވީމާ އަމިއްލަ ސިއްހަތަށް ވިސްނައިގެން އުޅޭ މީހުން ރާއްޖޭގައި މަދު ކަމަށް ބުނެވިދާނެއެވެ. އަދި ހާއްސަކޮށް އަންހެނުން ފާހަގަކޮށްލެވެ. އަދި އުމުރުން 30 އަހަރަށް ފުރުނީމާ ބަރުދަން ލުއިކުރުމަކީ ނުވާނެ ކަމެއްކަމަށްބުނެ ހިތްވަރު އެލުވާލައެވެ. ނަމަވެސް މިކަންކަން ކޮށްލުމުން ބަރުދަން ލުއިކޮށް ދިނުމަށް އެހީވެދޭނެއެވެ.

ގިނައިން ޕްރޮޓީން ބޭނުންކުރުން

މީހާ ހެދިބޮޑުވާ ވަރަކަށް އެމީހެއްގެ މެޓަބޮލިޒަމް ރޭޓް ދާނީ ދަށްވަމުންނެވެ. އެގޮތުން ރަނގަޅު ޑައިޓެއް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެވެ. ހާއްސަކޮށް ބަރުދަން ލުއިކުމުގެ މަސައްކަތްކުރާނަމަ ދުވަސް ފަށަންވާނީ ހަށިގަނޑަށް ފައިދާހުރި ކާނާއަކުންނެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޕްރޮޓީންސް ހިމެނުމަށް ހާއްސަ ސަމާލުކަން ދިނުމުން ގިނައިރު ބަޑުހައިނުވެ ހިފަހައްޓާލަދެއެވެ.

ހަކުރު ބޭނުންނުކުރުން

މޭވާއާއި ތަރުކާރީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންޖެހޭ އެއްޗެއްސެވެ. އަދި ރޮލާ ކެއުމުގެ ބަދަލުގައި އޮރެންޖް ފަދަ ތަކެތިން ފަނިތައްޓެއް ބޯލުމުން ވެސް އެ މެވާގެ ފައިދާ ލިބެއެވެ. ނަމަވެސް އޮރެންޖް ފަނިތައްޓަށް އޭގައި އެކުލެވޭ އާޓިފިޝިއަލް ފޮނިރަހައިގެ ބަދަލުގައި ހަކުރު ބޭނުންކުރާނަމަ އޭގެން ލިބެންޖެހޭ ފައިދާއެއް ނުލިބެއެވެ. އެހެންކަމުން ގުދުރަތީގޮތުންދޭ ރަހައިގެ އިތުރަށް ހަކުރު ނޭޅުމަށް އާދަކުރާށެވެ.

ސްޓްރެސްވުމާއި ދުރުވުން

ދިމާވާ ކަންކަމާ ވިސްނާ މީހާގެ މުޅިދިރިއުޅުން އަނދަވަޅަކަށް ވެއްޓިގެން ދިޔަ ނުދޭށެވެ. ވާހަކަތައް އިތުބާރުކުރެވޭ މީހަކާ ހިއްސާކޮށް އެ ކަންކަމާ ފިކުރުކުރުން މަދުކުރާށެވެ. ކަންކަމާ ވިސްނާ ފިކުރުކުރުމުން ސިއްހަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ ޑިޕްރެޝަންއަށް މަގުފަހިވެއެވެ.

ކަސްރަތުކުރުން

ދުވަހުގެ ތާވަލުގައި ކަސްރަތުކުރުމަށް ވަގުތު ހުސްކުރާށެވެ. އަދި ކަސްރަތުކުރަން ފަށަންވާނީ ތަމްރީންލިބިފައިވާ ފަރާތްތަކުގެ އެހީއާއި އެކުގައި އެވެ. އެގޮތުން އެ ކަސްރަތުން ހަށިގަނޑަށް ލިބިގެންދާ ފައިދާތަށް އެގި، ގައިގަ ރިއްސުމުން ދުރުކޮށްދެއެވެ.