ޕާކިސްތާނުގެ ޕަންޖާބީގައި ދެ މީހަކުވެގެން އަންހެނަކު ރޭޕްކޮށް އޭނާގެ ގަޔަށް އެސިޑް ޖަހައިފިއެވެ.

އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ބަޑިން ބިރުދެއްކުމަށްފަހުއެވެ. އޭނާ ރޭޕްކޮށްފައި ވަނީ މާސްކް އަޅައިގެން އުޅުނު ބައެކެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އޭނާ ދަރިންނާއެކު ނިދާފައި އޮއްވާ، އެގެއަށް ވަގަށް ވަން ދެ މީހެކެވެ. އަދި އޭނާ ރޭޕް ކުރުމަށްފަހު އިސްތަށިގަނޑު ބުރިކޮށްލާ ބުރަކައްޓަށް ވަނީ އެސިޑް ޖަހަފާއެވެ. އަދި އޭގެ އަސަރު އޭނާގެ އަތަށާއި ފަޔަށްވެސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގިއިރު، އޭނާގެ ފިރިމީހާ އުޅުނީ ކަރަޗީގައެވެ. އަދި އެ މީހާ ރޭޕްކުރި މީހުން ވަނީ ފިލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސްޓޭބަލްއެވެ. އަދި ފުލުހުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.