ޗައިނާގެ މުއްސަނދި ދެމަފިރިއެއްގެ ހުރި އަންހެން ދަރިފުޅުގެ ކައިވެންޏަށް މަދުވެގެން އަށްލައްކަ ޕައުންޑް ޚަރަދު ކޮށްފިއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 15 މިލިއަން ރުފިޔާ އެވެ.

ރަޗެލް ވީ އާއި ކެންގެ ކައިވެނި އޮތީ އޭޕްރިލް މަހު ސިންގަޕޫރުގައެވެ. ތިން ބަޔަކަށް ބަހާލައިގެން ކައިވެނި ޕާޓީ ކުރިއަށް ގެންދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރީ މާމެޑް ތީމް އަށް ކުރިއަށް ގެންދިޔަ ޕާޓީ އަށެވެ.

މިތީމަށް ކުރިއަށް ގެންދިޔަ ޕާޓީ އޮތީ މަޝްހޫރު އެކްއޭރިއަމްއެއްގައެވެ. މާމެޑްގެ ހެދުމުގައި ކައިވެނި ކުރި އަންހެން މީހާ އާއި އަދި އޭނާގެ އެކުވެރިން ވެސް އެކްއޭރިއަމްގެ ތެރެއަށް އެރި ފޮޓޯތައް ނަގާފައިވެއެވެ.

މަޝްހޫރު ރެސްޓޯރެންޓެއްގައި ބޭއްވި ކައިވެނީގެ "ރަސްމީ ހަފްލާ" އަށް ވެސް ބޮޑު ޚަރަދެއް ކޮށްފައި ވެއެވެ. 600 މެހެމާނުންނަށް ދައުވަތު ދީގެން ބޭއްވި އެޕާޓީގައި ހަމައެކަނި ކެއުމަށް ކޮންމެ މީހަކަށް ހާހަކަށް ވުރެ ގިނަ ޑޮލަރު ޚަރަދު ކުރިއެވެ.

ރަޗެލް އަކީ ޗައިނާގައި ފެޝަންގެ ވިޔަފާރި ކުރާ މަހުޖަނެއްގެ ދަރިއެކެވެ.

ރަޗެލް އާއި ކެންގެ ކައިވެނީގެ ހުރިހާ މަންޒަރުތަކެއް ވަނީ "ކްރޭޒީ ރިޗް އޭޝިއަން" ޝޯވ ގައި ދައްކާފައެވެ. އެ ޑޮކިއުމެންޓްރީގައި ވާހަކަދައްކަމުން ރަޗެލް ބުނީ އޭނާ ކެން އާއި ކައިވެނި ކުރަން ބޭނުންވީ ކެން ރީތި ވުމުން ކަމަށާއި ފުރަތަމަ ފޭސްބުކް އިން ކެން ފެނުމުން ވެސް ކައިވެނި ކުރަން ވަގުތުން ބޭނުންވި ކަމަށެވެ.

އޭޝިއާގެ ގިނަ މަހުޖަނުން އެމީހުންގެ ދަރިންނަށް ވަރަށް ބޮޑެތި ކައިވެނި ޕާޓީތައް ބާއްވައެވެ. ބައެއް މީހުންގެ ހައެއްކަ މިލިއަން ޑޮލަރު ވެސް ކައިވެނި ޕާޓީތަކަށް ޚަރަދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮގުތު

    ކަލޯ ތީ އެއްވެސް އެއްޗެއް ނޫން. މި ރާއްޖެ އަށް އެބަ އާދޭ 4 މިލިއަން ޑޮލަރު ޙަރަދު ކޮއްފަ. މުޅި ރަށް އެއްކޮށް ކުއްޔައް ނަގައިގެން.

    14
  2. ޫުއުލަަާ

    ޢަހަރެން ހަމަ އަޖައިބު