ބޮލީވުޑްގެ ތަރި އިމްރާން ޚާން އާއި އަވަންކިތާ މާލިކް ވަރިވާން އުޅޭކަމުގެ ހަބަރުތައް ދެެކެވެން ފަށައިފިއެވެ. މި ދެ މީހުން ވަރިވާން އުޅޭކަމަށް ހަބަރުތައް ބުނަމުން އަންނައިރު، މި ދެ މީހުންގެ ކައިވެންޏަށް އަށް އަހަރު ވަނީ ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު އަވަންތިކާ ވަނީ އިމްރާން ޚާންއާ ދުރަށްވެސް ގޮސްފައެވެ. އަދި އޭނާ ދިޔައީ އެ މީހުންގެ ދަރިފުޅު އިމާރާވެސް ގޮވައިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުގައި، މިހާރު އަވަންތިކާ ހުރީ އޭނާގެ އާއިލާ ކައިރީގައެވެ.

އިމްރާން އާއި އަވަންތިކާ އަކީ ކުޑައިރުން ފެށިގެންވެސް ލޯބިވެރިންނެވެ. ވަރަށް ގިނަ ދުވަސް ވަންދެން ޑޭޓް ކުރުމަށްފަހު މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ. އަދި މި ދެ މީހުންނަށް ދަރިއަކު ލިބުނީ 2014 ވަނަ އަހަރުއެވެ.

މި ދެ މީހުންގެ ގުޅުން ހީނަރުވެ، އެ ގުޅުނު ކެނޑުނުކަން ދެމީހުން ކުރެ އެކަކުވެސް އަދި ކަށަވަރުކޮށްނުދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު