ޖަރުމަންގެ ހޮސްޕިޓަލަކަށް ވިހައި ދަރިފުޅު ޓެކްސީއެއްގެ ތެރޭގައި ބޭއްވުމަށްފަހު އެ ކުއްޖާގެ މައިންބަފައިން ގެއަށް ދިޔައީ "ހަނދާން" ނެތިގެންނެވެ. އެ ކުއްޖާ މަތިން ހަނދާންވީ މާ ފަހުންނެވެ. ކާރު ތެރޭގައި ނިދާފައި އޮތް އެ ކުއްޖާ ހޯދަން އެންމެ ފަހުން ޖެހުނީ ފުލުހުންގެ އެހީ ހޯދާށެވެ.

ހަމްބާގްއަށް ނިސްބަތްވާ މި އާއިލާއިން އެ ދަރިފުޅު މަތިން ހަނދާން ނެތުނުއިރު، ހަނދާންވިއިރު، ކަންތައް އޮތީ މާ ގޯސްވެފައެވެ. އެ މީހުން ގެއަށް ދިޔަ ޓެކްސީ ދުއްވަން އިން މީހާއަކަށްވެސް އެ ކާރުގައި ކުއްޖަކު އޮތްކަން ނޭގެއެވެ. އެ ކުއްޖާ ކާރު ތެރޭގައި އޮތްގޮތަށް ނިދާފައި އޮތެވެ. އަދި އެ ޑްރައިވަރު ދިޔައީ މެންދުރުގެ ކެއުމަށެވެ.

މިކަން ފުލުހުން ސަމާލުކަމަށް ގެނައިއިރު، އެ ކުއްޖާގެ މައިންބަފައިން ތިބީ އެއިރު ގޮސް ހުސްވެފައެވެ. ފުލުހުން ބުނީ، އެ މައިންބަފައިންގެ "ހިތްހުއްޓޭ" ހިސާބަށް އެއިރު ކަންތައް ގޮސްފައިވާކަމަށެވެ.

ނަސީބު ކަންދިމާކުރިގޮތުން އެ ކުއްޖާ ކާރު ތެރޭގައި އޮއްވާ ފެނުނީ ހަމްބާގް އެއާޕޯޓުން އެ ކާރަށް އެރި ފަސެންޖަރަކަށެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ނެތް ކަން އެ މައިންބަފައިންނަށް އެނގުނީވެސް ޓެކްސީ އެ މީހުން ގެއަަށް ބޭލުމަށްފަހު ޓެކްސީ ނައްޓާލުމުން ކަމަށެވެ. އަދި އެ ކުއްޖާ ކާރު ތެރޭގައި އޮތްކަން އެނގިގެން ޓެކްސީ ފަހަތުން ދުވި ނަމަވެސް އެކަންވެސް ކާމިޔާބުވެފައިނުވާކަމަށް އެކުއްޖާގެ މައިންބަފައިންނާއި ހަވާލާތީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ކުއްޖާގެ މަންމަ ހީކުރީ ދަރިފުޅު އޮތީ އެ ކުއްޖާގެ ބައްޕަގެ އަތުގައި ކަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަ ހީކުރީ އެ ދަރިފުޅު އޮތީ މަންމައަތުގައި ކަމަށެވެ.

އެންމެ ފަހުން އެ ކާރުގެ ޑްރައިވަރަށްވެސް އެކަން އެނގިގެން ދިޔައީ އެ ކާރު އެއާޕޯޓަށް ގޮސް އެ ކާރަށް އެރި ފަސެންޖަރު ބުނުމުންނެވެ. އަދި އިރުކޮޅެއް ފަހުން އެ ކުއްޖާ ރޯންފެށި ކަމަށްވެސްވެއެވެ. އެންމެ ފަހުން އެ ޑްރައިވަރު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައިއިރު، މިހާރު އެ ދަރިފުޅު މައިންބަފައިންނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރު

    ތިވަރުގެ ކަމެއްވެދާނެ... ބަނޑުބޮޑުކަން ނޭނގި ވިހާމީހުންވެސް އުޅޭ.... ދެން ދަރިމަތިން ހަދާންވެސް ނެތިހިގައިދާނެ.

    2
    1
  2. ކުޅިބިސް

    މަ ބޯހަލާކް