ހަޔާތުގެ ފުރަތަމަ ފަހަަރަށް އަންހެނަކަށް ހަރު ހެއްޗެހި ކެވުމުގެ ނަސީބު ލިބިއްޖެއެވެ. އޭނާއަށް އެ ނަސީބު ލިބުނީ ދިޔާ އެއްޗެހި ބޮއެގެން ދިރިއުޅެމުން އަންނަތާ 30 އަހަރު ފަހުންނެވެ.

ޔަމަންއަށް ނިސްބަތްވާ ފާތިމާ ނަމަކަށް ކިޔާ އެ އަންހެން މީހާ ދިޔާ އެއްޗެހި ބޮއެގެން މިދިޔަ 30 އަހަރު ތެރޭގައި އުޅެން ޖެހުނީ އޭނާ އަނގަ ތެރޭގައި އުފެދުނު ޓިއުމަރެއްގެ ސަބަބުންނެވެ. އެ ޓިއުމަރުގެ ސަބަބުން އޭނާއަކަށް އަނގައެއް ނުހުޅުވެއެވެ.

މީގެކުރިން ފާތިމާ ވަނީ އެތައް ފަހަރަކު ޑޮކްޓަރަށް ދައްކާ އެކަމުގެ ޝިފާއެއް ލިބޭތޯ ބެލުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެއްވެސް ޑޮކްޓަރަކަށް އޭނާއަށް ވެގެން އުޅޭ ގޮތެއް ނޭގެއެވެ.

އެންމެ ފަހުން އޭނާ ދެއްކީ އިންޑިއާ ޑޮކްޓަރަކަށެެވެ. އެ ޑޮކްޓަރުގެ އެހީތެރިކަމާއެކު ފާތިމާ އޮޕަރޭޝަން ކުރިއެވެ. ފާތިމާގެ ކަތުރުކަށިނޑުގައި އުފެދުނު އެ ޓިއުމަރު ނެގުނީ ހަތަރު ގަޑިއިރުގެ އޮޕަރޭޝަނެއްކޮށްގެންނެވެ.

ޑޮކްޓަރުން ބުނީ، މިހާރު ފާތިމާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަމަށެވެ. އަދި ފާތިމާއަށް މިހާރު ހަރު އެއްޗެހިކެވޭކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު