ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަސީލަތްތައް ދަތިވުމުގެ ސަބަބުން ހިޖުރަކުރަން މަޖުބޫރުވެއެވެ. ހާއްސަކޮށް ގިނަ ގައުމުތަކުން ތައުލީމާއި، ކާނާއައި ބޯފެން ހޯދުމަށްވެސް ދާން ޖެހެނީ އެހެން ގައުމަކަށެވެ. އެހެން ގައުމަކަށް ގޮސް، އެގައުމެއްގެ ދިރިއުޅުމާ ވައްޓަފާޅިއަށް ހޭނުމަކީ އެންމެ އުނދަގޫ އެއް ކަންތަކެވެ. މިފަހަރު މި ދައްކަން ޖެހެނީވެސް އެ އުނދަގޫ ތަހައްމަލު ކޮށް، އެކަމުގެ ތެރޭގައި އުޅުނު މީހެއްގެ ވާހައެކެވެ.

އުމުރުން 29 އަހަރުގެ ފްރެންކް ބައެޒް، ނިއު ޔޯކްގެ ޔުނިވާސިޓީއެއް ކަމަށްވާ ރޯޔީ މެނާސް ކޮލެޖް އޮފް ނާސިންއިން ޑިގްރީ ހާސިލް ކުރީ 15 މަސް ދުވަހުގެ ތެރޭގައެވެ. އެ ކުޑަ މުއްދަތަކުން، ބައެޒްއަށް ދަސްވެފައިވާ ހުނަރާ، ކަންކަމާ މެދު މުޅި ސްކޫލްވެސް ވަނީ ހައިރާންވެފައެވެ. އެކަމަކު ބައެޒްގެ ވާހަކަ އަޑު އަހާލި މީހަކަށް އެކަންކަން ވެގެންދާނީ ބުއްދި ގަބޫލުކުރެވޭ ކަންތައްތަކަށެވެ.

އުމުރުން އެންމެ 11 އަހަރުގައި ބައެޒް އެމެރިކާއަށް ހިޖުރަކުރީ މަންމައާއެކުގައެވެ. ޑޮމެނިކަން ރިޕަބްލިކަށް ނިސްބަތްވާ ބައެޒް ފުރަތަމަ ކުރި މަސައްކަތަކީ ހޮސްޕިޓަލެއްގެ ފާހަނާ ސާފު ކުރުމެވެ. ނަރުސް ކަމަށް ޝައުގުވެރިވެ، ނަރުސްކަމަށް ނުކުތް ގޮތަކީވެސް އެއީއެވެ. ކޮލެޖަށް ވަނުމަށް އަތުގައި ތަނަވަސްކަން ނެތުމުން ފުރަތަމަ 2009 ވަނަ އަހަރު އުޅުނީ ކޮލެޖްގެ ފާހާނާ ސާފުކުރުމުގެ ވަޒީފާގައެވެ.

އާއިލާ ބަލަހައްޓަމުން ފައިސާ ޖަމާކުރަމުން ކޮލެޖަށް ވަދެ، ޑިގްރީ ނިންމާލީ އެންމެ އަވަސް ގޮތަށެވެ. ކުރިން މާބޮޑު ކިޔެވުމެއް ކިޔަވާފައި ނެތް ބައެޒް ޑިގްރީ ނިންމާލީ ލަތް އަވަސް ކަމުން އެންމެން ހައިރާންވިއެވެ. އޭނާގެ މޮޓޯއަކީ އެންމެ ކަމެކެވެ. ބުރަ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު