އަމިއްލަ ދަރިފުޅު އެތައް ފަހަރަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވުނު 35 އަހަރުގެ ފިިރިހެނަކު ޖަލަށްލުމަށް އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އިންޑިއާގެ ނަދިއާދް ކޯޓުން އެ ހުކުމްކޮށްފައި ވަނީ ރާދާ ވިލޭޖްގެ މީހެއްގެ މައްޗަށެވެ.

ވަކީލާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އޭނާގެ 14 އަހަރުގެ ދަރިފުޅު ތިން މަސް ތެރޭގައި ތިން އަހަރަށް ވަނީ ރޭޕްކޮށްފައެވެ. އަދި އެކަން ފަޅާ އަރުވާލައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު އެ އަންހެން ކުއްޖާއަށްދިންއިރު، އޭނާގެ މަންމައަށްވެސް އެ އިންޒާރު ވަނީ ދީފައެވެ.

އެހެން ނަމަވެސް އެކަން ސިއްރުކޮށްގެން އުޅޭތާ މާ ގިނަ ދުވަހެއް ނުވަނީސް އެކަން ވަނީ ފަޅާ އަރާފައެވެ. އެކަން ފަޅާއަރާފައި ވަނީ އެ އަންހެން ކުއްޖާ އޭނާގެ ބައްޕަގެ ދަރިއަކަށް ބަނޑުބޮޑުވުމުންނެވެ. އެހެން ނަމަވެސް ކޯޓުން ވަނީ އެ އަންހެން ކުއްޖާގެ ދަރިފުޅު އެބޯޓް ކުރުމުގެ ހުއްދަ ދީފައެވެ.

މީގެ އިތުރުން އެ ފިރިހެން މީހާއަށް ވަނީ 30000 ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ. އެ ޖޫރިމަނާ އޭނާއަށް ނުދެއްކިޖެނަމަ އަނެއްކާވެސް އިތުރު ދުވަސްތަކެއް އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނެކަމަށް އިންޑިއާ ނޫސްތަކުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޮލޮމަން

    ތިއީ އަރަބި ގައުމެއް ނޫނީ އަވައްޓެރި އިސްލާމީ ގައުމެއްގައި ހިނގިކަމެއްނަމަ ކުއްވެރިވެ މަރާލާނީ އެނިކަމެތި ކުށެއްނެތް ކުއްޖާ. ޢޭނާ ވާނީ އޮނާރ ކިލިންގެ ޝިކާރައަކަށް .

  2. އިންސާފް

    ތިކަހަލަ މީހުން ނުޖެހޭނެ ޖަލައް ލާކައް

    ތިކަހަލަ މީހުން ޖެހޭނީ ރައްޔިތުން ތެރޭގަ

    ދަންޖައްސަން. މީ މަ ނަމަހަދާނެ ގޮތް ތިކަހަލަ

    މީހަކު މަށައް ފެނިއްޖިއްޔާ ވެސް މަހަދާނީ

    އެހެން. ވަރައް ސަލާމް ހުރިހާ ކުދިން ނައް ވެސް..

  3. އަލިފުޅު

    ތިކަހަލަ މީސްމީހުން ދޫކުރާނެ ކަމެއްނެތް. އުމުރު ބާކީބާ ޖަލުގައި ހޭދަކުރީމަ ރަނގަޅު ވާނެ.......

  4. ގަމާރު

    އުމުރަށް ޖަލަށް ލީމަ ދެން ކޮން އިތުރު ދުވަހެއް

    ގަާމާރު

  5. ހާދަ

    ހާދަ ނުލަފާ މީހެކޭ ދޯ ތީ....

  6. މީ

    ހަޑިމުޑުދާރު އަމަލެއް....!!ބައްޕަ ޔޯ؟؟ތީއިންސާނެއްގެ ސިފައިގަހުރި ޝައިތޯނެއް.މިކަހަލަ މީހުންދެކެ އަންނަ ރުޅިއެއް ނޭނގެ ބުނަންވެސް....

  7. ވަގު

    އުމުރަށް ޖަލަށް ލާފަހުރި މީހަކު 30000 ރުޕީސް ނުދެއްކިއްޖިޔާ އިތުރު ދުވަސްތަކެއް އޭނާ ޖަލުގައި ހޭދަކުރާނެ ގޮތެއް ބުނެދީބަލަ

  8. އިދުރީސް

    ނިކަން ހަވާލް ކޮއް ބަލަ އަހަރެންނާ... ބުރިކޮއްލާނަން