2013 ވަނަ އަހަރު އެފްރިކާގެ ޗިލީގެ އަޓަކަމާ ސަހަރާއިން ފެނުނު، އާދަޔާ ހިލާފު އޭލިއަން ހަށިގަނޑެއް ކަމަށް ބުނާ ހަށިގަނޑުގެ ހަގީގަތް އަދި އަދާ ހަމަޔަށް އޮތީ ނޭގުމެެއްގެ ތެރޭގައެވެ. ނަމަވެސް ސައިސްވެރިން ވަނީ މި ދިގު އިންތިޒާރަށް ނިމުމެއް ގެނެސް ހަށިގަނޑުގެ ހަގީގަތް ހާމަ ކޮށްފައެވެ.

އެ ހަށިގަނޑަކީ އޭލިއަންއެއް ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. ނަމަވެސް ސައިންސުވެރިން ވަނީ ޑީއެންއޭ ޓެސްޓުން އެހަށިގަނޑުގެ ހަގީގަތް ހޯދާފައި އެވެ.

އަޓާ'ގެ ނަން ދީފައިވާ ހަ އިންޗި ހުރި އެހަށިގަނޑުގެ ދިރާސާއެއް ރިސާޗް ޖާނަލްގައި ވަނީ ވެސް ދާދި ފަހުން ޝާއިއުކޮށްފައި އެވެ. މީގެ ކުރިން ފެންނަ ފެނުމަށް އެއީ ދުވަސް ނުފުރޭ ތުއްތުކުއްޖެއް ކަމަށް ލަފާ ކުރެވުނު ނަމަވެސް، ފަހުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި އެއީ 5 އަހަރާ 8 އަހަރުގެ ކުއްޖެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދައްކަނީ ޖެނެޓިކް މިއުޓޭޝަންތަކެއްގެ ސަބަބުން އަޓާގެ ކަށިތައް މާބޮޑަށް ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް ސައިންސުވެރިން ލަފާ ކުރާ ގޮތުގައި އަޓާ އަކީ ވިހެއިތާ މާގިނަ އިރުތަކެއް ނުވަނީސް މަރުވި އަންހެން ކުއްޖެކެވެ. އަޓާގެ ހަށިގަނޑުގައި ހުރި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ބައެއް މޭ ކަށި މަދުވުމާއި ބޮލުގެ ސައިޒު ތަފާތުވުން ހިމެނޭ ކަމަށް ސްޓެންފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ގޭރީ ނޯލާން ވަނީ ވިދާޅުވެފައެވެ. އަޓާގެ ހަށިގަނޑުގެ ސައިޒާއި މޭމަތީގެ ކަށިތައް މަދުވުމަކީ އެމިއުޓޭޝަންތަކުގެ ސަބަބުން ދިމާވި މައްސަލަތައް ކަމަށް ޕްރޮފެސަރު ލަފާ ކުރައްވައި އެވެ.