ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސްފިއެވެ.
ޔޫއްޕެ އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްފައި ވަނީ ކޮން ދުވަހެއްގައިކަން ސީދާ ނޭގުނު ނަމަވެސް، މައްކާގައި ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ މީސް މީޑިޔާއަށް ލާފައެވެ.
ގިނަ ފިލްމްތަކުންނާއި، ލަވަތަކުންވެސް ފެންނަމުންދާ ޔޫއްޕެއަކީ އަދިވެސް ފަޑުވުމެއް ނެތި އަރަމުން އަންނަ ތަރިއެކެވެ. އޭނާ މިހާރު ފިލްމް ކުޅުމުގެ އިތުރުން ފިލްމްތައް ޕްރޮޑިއުސް ކުރުމާއި ޑައިރެކްޓްވެސް ކުރެއެވެ.
މިދިޔަ އަހަރަށް ބަލާއިރު ޔޫއްޕެގެ ފިލްމްތަކެއް ބެލުންތެރިންނާއި ހަމައަށް ވަނީ އައިސްފައެވެ.
ވަރަށް ރަނގަޅު. ޔޫއްޕެއަށް ހެޔޮވިސްނުން ދެއްވާށި. އާމީން.
މަށާ މޮށިފަ މާފައްވެސް ނޭދި...
އެކަމްވެސް ހިތް ހެޔޮ...
ޠެދު ވަހަކަަަަެެެެެެަަަެ
ފިލްމެއްގެ ޝޫޓިންއަކަށްތަ ގޮސްގެން އެ އުޅެނީ؟ ދެން ނުކުންނަ ފިލްމަކުން ފެންނާނެ. އިންތިޒާރު ކޮށްލައްވާ.
އެއްވެސް އަޅުކަމަކީ އިސްތިހާރު ކުރަންޖެހޭ ކަމެއް ނޫން ޔޫއްޕެ ހީކުރަނީ އެވެސް ފިލްމެއްގެ ޝޫޓިން އެއް ކަމަށް
ރައްޖެ އަންނަ ގޮތަށް އައިސް އަނެކާ ފިލުމުހަދާ ފިލުމުކުޅެ ނޫޅުމަސް ޔޫއްޕައަށް ނަސޭހަތްތެރިވަން
ތިޔަ އަޅުކަމަށް ފަހު ދެން ފިލްމީ ދާއިރާ އާއި އަދި އެހެނިހެންވެސް ނަހީ ކުރައްވާފައިވާ ކަންތައްތަކާ ދުރުވާނެ ކަމަށް އުންމީދުކުރަން
ﷲ ޔޫއްޕެގެ އަޅުކަން ޤަބޫލުކުރައްވާ ތެދުމަގުގައި ސާބިތުކުރައްވާށި
ކޮންމެ މީހަކުވެސް އެމީހަކު ލޯބިވާ މީހަކާއި އަދި ލޯބިވާ ތަންތަނުގައި ފޮޓޯ ނަގާ ހިއްވާނެ... ﷲ ޔޫއްޕެއަށް ތެދުމަގު ދައްކަވާށި
އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްގެން އައިސް ،.އަނެއްކާވެސް ހިލޭ އަންހެނުން ނާއިއެކު ނަށާމަޖާކުރީމާ ، ތިއަދާކުރި އަޅުކަމުގެ ފައިދާއެއްނުކުރާނެ ކަން ޔޫއްޕެއަށް ވިސްނިއްޖެއްޔާ ރަގަޅު
އަލަށްދޯ މީހަކު އުމްރާޔަށް ތިހި ދިޔައީ
މަތްﷲ ތެދުމަގު ދައްކަވާފި އަޅަކު މަގު ފުރައްދާނެ އެއްވެސް ފަރާތެއް ނެތް!
ދެއްކެން / ދައްކަން ކުރާ ކަންކަމަކީ ކޮންކަހަލަ ކަމެއްބާ....؟
އާމިރްޚާން ކޮޕީކުރަނީތަ؟