ތިން މީހުން މަރާލި ކަމަށް އެއްބަސްވެ ޖަލަށް ލާފައިވާ ތޯމަސް ސިލްވަސްޓެއިން "ސުޕަ މެކްސް ސޮލިޓަރީ"ގައި 35 އަހަރު ހޭދަކޮށް މަރުވެއްޖެއެވެ.

ފުރަތަމަ 1978 ވަނަ އަހަރު ތޯމަސް ޖަލަށް ލާފައި ވަނީ ވައްކަމުގެ މައްސަލައެއްގައެވެ. ކެންސަސް ޖަލަށް އޭނާ ލުމުން، އެ ޖަލުގައި ދެ ގައިދީންނާއި އެއް އޮފިސަރު މަރާލުމުން އޭނާ ފަހުން ބަދަލު ކޮށްފައި ވަނީ ކޮލޮރާޑީގެ އެންމެ ސެކިއުރިޓީ ހައި ޖަލަށެވެ. އޭނާއަށް މަރުގެ އަދަބު ނުދީ، 6 ފޫޓް 7 ފޫޓް ގޮޅިއެއްގެ ތެރޭގައި ހައްޔަރު ކޮށްފައިވާ އިރު، އެ ގޮޅީގެ ލައިޓެއް ނުނިއްވައެވެ.

ތޯމަސްއަށް ބޭރަށް ނުކުތުމަށްވެސް ފުރުސަތު ދީފައިނުވާ އިރު، އޭނާގެ ހުރިހާ މޫމެންޓެއް ބަލަމުންދިޔަ ކެމެރާތައްވެސް ވަނީ ހަރުކޮށްފައެވެ. މިމަހުގެ 11 ވަނަ ދުވަހު ތޯމަސް މަރުވެފައިވާ އިރު، އޭނާ އޭގެ ދެ ދުވަސް ވަރަކަށް ދުވަސް ކުރިން ވަނީ ބަލިވެ އެނދުމަތި ކޮށްފައެވެ. ތޯމަސްގެ އަންހެނުން ބުނެފައި ވަނީ އޭނާއަށް މަރުގެ އަދަބު ދިން ނަމަވެސް އެއަށްވުރެ ރަނގަޅުވީސް ކަމަށެވެ.

ތޯމަސް މަރުވެފައި ވަނީ އޭނާގެ ހިތަށް ދިމާވި މައްސަލައަކާ ގުޅިގެން ހާޓް ސާޖަރީވެސް ހެދި ފަހުންނެވެ. ތޯމަސްއަކީ އެފަދަ ކުޑަ ގޮޅިއެއްގައި އެންމެ ގިނަ ދުވަހު އިން ކުށްވެރިޔާއެވެ.