ބޮލީވުޑްގެ ތަރި ރަންވީރު ސިންގ އިންސްޓަގްރާމް ކުރީ ވަރަށް ތަފާތު ފޮޓޯއެކެވެ. އަނބިމީހާ ދިޕިކާ ޕަދުކޯންގެ އެ ތަފާތު ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބެއެވެ. އެ ފޮޓޯ އެހާ ތަފާތުވެގެން ދިޔައީ އަސްލު ފޮޓޯ އެޑިޓްކޮށް ދިޕިކާ "ބޭބީ"އަކަށް ހަދާފައި ހުރި ހުރުމެވެ. މަޖަލަކަށް ނޫނީ ދިޕިކާ މަލާމާތް ކުރުމުގެ ނިޔަތުގައި ނަމަވެސް ރަންވީރު އިންސްޓަގްރާމް ކުރި އެ ފޮޓޯތަކަށް 20 ލައްކައަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ. އަދި 11000އަށްވުރެ ގިނަ ކޮމެންޓްސްވެސް އެ ފޮޓޯއަށް ކުރިއެވެ.

ރަންވީރު އެ ފޮޓޯ އިންސްޓަގްރާމް ކުރިއިރު، ކެޕްޝަންގައި ބޭބީ އެމޯޖީ އަކާއި، ފެހި ހިތެއް ބޭނުން ކުރިއެވެ. އޭގެ މާނައަކީ ދެ މީހުންނަށް ދަރިއެއް ލިބެނީ ކަމުގެ އުފާވެރި ހަބަރުތޯ ގިނަބަޔަކު ދަނީ އަހަމުންނެވެ.

އޭނާ އިންސްޓަގްރާމް ކުރި ފޮޓޯއަކީ މިިދިޔަ ހަފްތާ ތެރޭގައި އޮތް ކެނެސް ހަފްލާގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ހަފްލާގައި ދިޕިކާ އަޅައިގެން ހުރީ ފެހި ކުލައިގެ ހެދުމެކެވެ.

View this post on Instagram

👶🏻💚 @deepikapadukone

A post shared by Ranveer Singh (@ranveersingh) on

ރަންވީރު އެ ފޮޓޯ އިންސްޓަގްރާމް ކުރި ނަމަވެސް، އެ ފޮޓޯއަށް ދިޕިކާ އަދި ކޮމެންޓެއް ނުކުރެއެވެ.