އިންގްލޭންޑްގެ ގެއަކަށް ވަގަށް ވަން މީހަކު ވައްކަން ނުކުރެއެވެ. އޭނާ ކުރީ ތަފާތު ކަމެކެވެ. މުޅި ގޭތެރެ ސާފް ކުރީއެވެ.

ނޭޓް ރޯމަން ނަމަކަށް ކިޔާ މީހެއްގެ ގެއަށް ވަގަށް ވަން އެ މީހާ އެ ގެއަށް ވަދެފައި ވަނީ އެ ގޭގެ ފަހަތުގައި ހުންނަ ދޮރު ހުޅުވައިގެންނެވެ. ނޭޓްވެސް ބޭރުގައި އުޅުމަށްފަހު ގެއަށް އައި ވަގުތު އެ ދޮރު ހުޅުވާފައި ހުރުމުން އޭނާއަށްވެސް ލިބުނީ ޝޮކެކެވެ. ވަގުތުން ގޭތެރެއަށް ވަދެ ގެއިން މަދުވީ ކޮން އެއްޗެތޯ ބެލިއެވެ. އެގެއިން އެއްވެސް އެއްޗެއް މަދުހެން އޭނާއަށް ފާހަގަނުވިއެވެ.

އޭނާއަށް ފާހަގަވީ ގޭތެރެ ހުރި ތަރުތީބު ކަމާއި ރީތިކަމެވެ. އޭނާ ގެއިން ނުކުތް އިރު ގޭތެރެ ހުރިވަރަށްވުރެ ގޭތެރެ ސާފްތާހިރެވެ. މީހަކު ގޭތެރެ ސާފްކޮށްފައި ހުރިކަން ޔަގީނެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ދަރިފުޅާއެކު ބޭރުގައި އުޅުނު ވަގުތުއެވެ. އޭނާ ގެއަށް ގޮސް ވަންއިރު، މީހަކު ގެެއަށް ވަދެފައި ހުރިކަން އެނގުމުން ކުޑަކޮށް ހާސްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ގޭތެރެއަށް ވަންއިރު، ވަގަކު ވަދެ ގޭތެރެ ހަލާކު ކުރުމުގެ ބަދަލުގައި އެނދު ތަންމަތި ރީއްޗަށް އަޅާ، ކުޅޭ އެއްޗެހިވެސް އަޅާފައިވެއެވެ. އަދި އެހެން ކޮޓަރިތައްވެސް ސާފްކޮށްފައިވާއިރު، ސާފްކޮށްފައި ނުވަނީ ހަމައެކަނި ބަދިގެ ކަމަށް ނޭޓް ބުންޏެވެ.

ނޭޓް ބުނީ، އެއީ ގެތައް ސާފް ކުރުމުގެ ހިދުމަތް ދެމުން އަންނަ މީހުންނަށް އޮޅިގެން އެގެ ސާފް ކުރެވުނީހެން ހީވި ކަމަށެވެ. ނަމަވެސް އޭނާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައެވެ.

ފުލުހުން ބުނީ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި މީހެއްވެސް ފެނިފައިނުވާކަމަށެވެ.

އެކަމާއި ހެދި ނޭޓް ވަނީ ގޭގެ ތަޅު ބަދަލުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާރާ

    ތިޔަތާ ކެމެރާއެއް ހަރު ނުކުރާ ކަމެއްޗެސް ނޭންގެ.. ކޮންމެސް ބޭނުމަކު ދޯ ވަންނާނީ

  2. ސަމީލް

    ރާއްޖޭގަވެސް މިކަހަލަ ވަގުން ތިބޭނަމަ ދޯ.. ވަގައްގެޔައްވަދެ ތަށި ދޮވެދީ ފާޚާނާ ސާފުކޮއްދީ ހެދުން ދޮވެދީ ކުނިކަހާފަ ދާ ވަގުން..

    6
    1
  3. އަލްފައުނު

    އެލެކްސް ކިޔާ ކުއްޖެއް ކަންނޭނގެ އެ ކަން ކުރީ. ސީޕީ ހަމީދުއަށް އެނގޭނެ

  4. ޢައިޝާ

    ޢޭނަގެ ދަރިފުޅުދެކެ ލޯބިވެގެން އުޅޭކުއްޖާކަމަށްތިވާނީ