ގެރި މަސް ހިފައިގެން އިންޑިއާގެ މަދިޔަ ޕްރެދޭޝްގައި އޮޓޯއެއްގައި ދަތުރުކޮށްފައި ދިޔަ ތިން މުސްލިމަކު އޮޓޯއިން ބޭލުމަށް ފަހު ހަމަލާދީ އަނިޔާ ކުރު މައްސަލާގައި 5 މީހަކު އިންޑިއާ ފުހުލުހުން ހައްޔަރު ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މަދިޔަ ޕްރެދޭޝްގެ އަވަށަކަށް ނިސްބަތްވާ ބަޔަކު އަނިޔާ ކޮށްފައިވަނީ މުސްލިމް އަންހެނަކާއި 2 ޒުވާނަކަށެވެ.

މި މައްސަލާގައި ފުލުުހުން ހައްޔަރު ކުރީ ބީޖެޕީ އަށް ނިސްބަތްވާ ބައެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. މީސްމީޑިއާގައި މި މީހުން މުސްލިމުންނަށް އަނިޔާކުރި މަންޒަރު ސާފުކޮށް ފެންނަ އިރު މިމީހުންގެ މޫނުވެސް ސާފުކޮށް ހުރީ ފެންނާށެވެ.

ގެރިމަސް ހިފައިގެން ދަތުރު ކުރި ކަމަށް ބުނެ އެމީހުން ވަނީ އަންހެން މީހާގެ އިތުރުން 2 ޒުވާނުން ގަހެއްގައި ބަދެ ހަޓިބުރިން ތަޅާ އަނިޔާ ކޮށްފައެވެ. އަދި ތިން މުސްލިމުން ލައްވާ ހިންދޫ ދީނުގެ ބަސްތަކެއް ގަދަ ކަމުން ބުނުވަން މައްސަކަތް ކޮށްފައެވެ.

ތިން މުސްލިމަކަށް އަނިޔާ ކުރި މައްސަލާގައި މި ގްރޫޕަށް ނިސްބަތްވާ އެކަކު އިންޑިއާގެ ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހުން ހޯދުމުގެ މައްސަކަތް ދަނީ ކުރެވެމުންނެވެ.

މި ހަމަލާއާއި ގުޅިގެން އޯލް އިންޑިއާ އިއްތިހާދޭއި މުސްލިމީންގެ ޗީޕް އަދި މިފަހަރު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި ހައިދުރައާބާދުގެ ގޮނޑިއަށް އިންތިހާބުވި އަސާސުއްދީން ކުރެއްވި ޓުވީޓްގައި އޭނާ ވިދާޅުވީ މިއީ މޯދީގެ ސަޕޯޓަރުން މުސްލިމުންނާއި މެދު ކަންތައް ކުރާގޮތް ކަމަށެވެ.

ގެރިމަސް ހިފައިގެން ދަތުރު ކުރި ކަމަށް ބުނެ އިންޑިއާގެ މަދިޔަ ޕަރެދޭސްގައި ތިން މުސްލިމަކަށް ހަމަލާދިން ވީޑިއޯ ވެސް މިހާރު ވަނީ އާންމުވެފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ނިސްބަތްވާ ވެރިކަންކުރާ ބީޖޭޕީން އަކީ ގެރީގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާ ޕާޓީއެކެވެ. މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ގެރި ކަތިލުންވެސް މަނާކުރިއެވެ. އަދި ގެރި ކަތިލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެފަރާތްތަކުން ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު