އިންޑިއާގެ ފިލްމީ ތަރި އަޖޭ ދީވްގަންގެ ބައްޕަ ވީރު ދީވްގަން މަރުވެއްޖެއެވެ.

އުމުރުން 77 އަހަރުގައި ވީރު މަރުވީ، ބަލިވެ އުޅޭތާ ފުދޭވަރަކަށް ގިނަ ދުވަސް ފަހުންނެވެ.

ވީރުއަކީ ބޮލީވުޑްގެ އެކްޝަން ފިލްމްތަކުގެ ޑައިރެކްޓަރެކެވެ. އަދި ކޮރިއޯކްގާރަފެކެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ކަށުކަމާއި ކެމީގެ ކަންތައް މިއަދު ހަވީރު 6:00 ގައި މުމްބާއީގައި އޮންނާނެ ކަމަށްވެސް އިންޑިއާގެ ނޫސްތައް ބުނެއެވެ.

އޭނާ ވަނީ 150 ފިލްމަށް ކޮރިއޯ ހަދާ ދީފައެވެ. އަދި އެންމެ ފުރަތަމަ ފިލްމެއް އޭނާ ޑައިރެކްޓްކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ. އެ ފިލްމަކީ ދަރިފުޅު އަޖޭ އާއި އަމީތާބް ބައްޗަން، މަނީޝާ ކޮއިރަލާ އަދި ސުޝްމިތާން ސެން ފެނިގެން ދިޔަ "ހިންދުސްތާން ކީ ކަސަމް" އެވެ.

ވީރް މަރުވިއިރު، އޭނާގެ އަތްބަކާއި ހަތަރު ކުދިން އެބަތިއްބެވެ. އޭނާ މަރުވުމުން ބޮލީވުޑްގެ ތަރިންތައް އެ ހިތާމަ ކުރަމުން ދެއެެވެ. އަދި މީސް މީޑިއާގައި އެ ހިތާމަތައް ބަންޑުން ކުރަމުން ދެއެެވެ.

ކިޔުންތެރިންގެ ހިޔާލު