ކުރެހުމުގެ މަސައްކަތުގައި އުޅޭ މީހުން އަބަދުވެސް މަސައްކަތް ކުރާނީ ތަފާތު މޮޅު ކުރެހުމެއް ނެރެވޭތޯއެވެ. އެހެން މީހުން ބަލައިގަންނަވަރުގެ ކުރެހުމެއް ނެރެވޭތޯއެވެ. މިގޮތަށް އާޓްގެ މަސައްކަތުގައި އުޅޭ މީހުން އެކަން ކުރުމަށް ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ.

އެގޮތުން މިއީވެސް ވަރަށް ތަފާތު ކުރެހުމެކެވެ. އެެތައް ބަޔަކު ހައިރާންކޮށްލި ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ ބޯލް ޕޮއިންޓް ގަަލަމެއް ބޭނުންކޮށްގެންނެވެ.

މި ކުރެހުން ކުރަހާފައި ވަނީ ވިޝުއަލް އާޓިސްޓް އަދި ގްރެފިކް ޑިޒައިނާ ބްރިއާން ރުގަންގްރިއާއެވެ.

އޭނާ ޓްވިޓާ މެދުވެރިކޮށް އެ ކުރެހުމުގެ ފޮޓޯ ހިއްސާ ކުރުމާއެކު އެތައް ބަޔަކު އޭނާގެ ކުރެހުމަށް ތައުރީފް އޮއްސަނީއެވެ.

އޭނާ ޓްވިޓާ މެދުވެރިކޮށް އެ ކުރެހުން ކުރަހަމުން ދަނިކޮށްވެސް ފޮޓޯ ހިއްސާކޮށްފައި ވެއެވެ. ބްރިއާން އެ ކުރެހުން ނިންމާލުމަށްފަހު ހިއްސާކުރި ފޮޓޯގައި ބުނެފައި ވަނީ އެ ކުރެހުމަށް އޭނާ ބޭނުންކޮށްފައި ވަނީ ބޯލް ޕޮއިންޓް ގަލަމެއް ކަމަށެވެ.

"އަހަރެން މި ކުރެހުން ކުރެހުމަށް ބޭނުންކޮށްފައި ވަނީ ނޫ ކުލައިގެ ބޯލް ޕޮއިންޓް ގަލަމެއް". އޭނާ ލިޔުނެވެ.

އެ ފޮޓޯއަކީ ވަރަަށް އަސަރުގަދަ މަންޒަރެއް ދައްކުވައިދިން ފޮޓޯއެކެވެ. އެ ފޮޓޯ އެތައް ބަޔަކު ވަނީ ޝެއާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު