ހަތަރު އަހަރުގެ އަންހެން ދަރިފުޅު ހަށިވިއްކުމުގެ އަމަލެއް ހިންގުމުގެ ގޮތުން 'ވިއްކާލިކަމުގެ' ތުހުމަތުގައި އެމެރިކާ މީހަކު 60 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ޖަލަށް ލާފައިވަނީ ޓެކްސަސް އަށް އުފަން އެންޑްރިއު ޓާލީއެވެ.

ޓެކްސަސްގެ ފުލުހުން ވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ އުޅޭ ގެޔަށް ގޮސް، އޭނާ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ.

އުމުރުން 30 އަހަރުގެ އެންޑްރިއު 2015 ވަނަ އަހަރު ވެސް ވަނީ ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. އޭނާ 60 އަހަރަށް ޖަލަށްލީ 18 އަހަރުން ދަށުގެ ކުއްޖަކާއި ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވުމުންނެވެ.

"އަހަރެންގެ ހުންނާނެ 10 އަހަރުން ދަށުގެ އަންހެން ދަރިއެއް. އަހަރެން އޭނައާއި ޖިންސީ ގުޅުން ހިންގުމުގެ ކުރިން އޭނާއަށް ބޭސްވެސް ކާންދެން. " ކުރިން ފުލުހުންގެ އިދާރާއަށް ދީފައިވާ ބަޔާނެއްގައި އެންޑްރިއު ބުނެފައިވެއެވެ.

ދަރިފުޅު މިފަދަ ބަދުއަޚްލާޤީ އަމަލުތަކަށް އަދި މާ ކުޑަ ކަމަށާއި، އެހެންވެގެން ބައެއް ފަހަރު އުނދަގޫ ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓެކްސަސްގެ ފުލުހުން ބުނީ މިއީ ވަރަށް ހިތްދަތި ކަމެއް ކަމަށާއި ބައްޕައަކީ އަންހެން ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހާ ކަމަށެވެ.

"މިއީ ވަރަށް ހިތްދަތި ހާދިސާއެއް. އަސްލު ބައްޕައަކު އަންހެން ދަރިއަކަށްވާންވާނީ ރައްކާތެރިކޮށްދޭ މީހަކަށް. އެކަމަކު މި އަންހެންކުއްޖާ ޖިންސީ ޝިކާރައަކަށް މި ހަދާލީ އެ ކުއްޖާގެ އަމިއްލަ ބައްޕަ." މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޓެކްސަސްގެ ފުލުހުންގެ އޮފިސަރަކު ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމަކީ މިއަދުގެ މި މުޖުތަމައުގައިވެސް ވަރަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު