އިންޑިޔާގައި ގުރޭޑް ފަހެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ކުއްޖެއް ރޭޕުކުރުމަށްފަހު، އެކުއްޖާގެ ގައިގައި އަލިފާން ރޯކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދާދިފަހުން ހިނގި މި ޙާދިސާގައި، އެއަންހެން ކުއްޖާ ރޭޕުކޮށްފައިވަނީވެސް އެކުއްޖާގެ ކުލާހުގައި ކިޔަވަމުންދާ ފިރިހެން ކުދިންތަކެއްކަން ވަނީ ހާމަވެފައެވެ. އަދި، މިކަމުގައި ތިން ކުއްޖަކު ބައިވެރިވެފައިވާކަން ވެސް ވަނީ ހޯދިފައެވެ.

"ނިއުސް 18" އިން ބުނެފައިވާ ގޮތުގައި މި އަންހެން ކުއްޖާ ރޭޕުކޮށްފައިވަނީ، އެކުއްޖާގެ ގެއަށް ގަދަކަމުން އެކުދިން ވަދެގެންނެވެ. އަދި، ވަނުމަށްފަހު، މި ޢަމަލު ހިންގުމަށްފަހު އެތަން ދޫކޮށް ދިޔުމުގެ ކުރިންވަނީ އަންހެން ކުއްޖާގެ ގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލާފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން އެނގުނީ، އަންހެން ކުއްޖާގެ ގެއިން ދުންތަކެއް އަރާތީ، އެއާއިލާގެ މީހަކު ގޮސް ބެލި ބެލުމުންނެވެ. އަދި، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މި މައްސަލައިގައި ޝާމިލުވާ ދެ ކުއްޖަކު ހައްޔަރުކޮށްފައިވާއިރު، ދެން މިކަމުގައި ބައިވެރިވާ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންވަނީ ފަށާފައެވެ.

ކުޑަކުދިންތަކެއް މިފަދަ ކަމެއް ހިންގާފައިވުމުން، އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެރަ

    ހެޔޮނުވާނެ

  2. ޖޮއްބެ

    އިންޑިއާގެ ސްކޫލްތަކުގައި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭ ކަމެއްތޯއްޗެ މިއީ.

  3. އަޒާ

    ރޭޕިންޑިއާ ގަ ތިޔަ ޒާތުގެ ހުރިހާ ކަމެއްވެސް ހިނގާނެ.. މައްސަލައަކީ މި ފެންވަރުގެ ބަޔަކު އެހެން މީހުންގެ ޒާތީކަންކަމާ ބެހި ފާޑުކިޔާތީ...

  4. ސާބަސް

    ކުޑައީ އުމުރުން 18 ނުފުރޭތީ ދޯ؟ ބާލިޣުވީމަ ބޮޑުނުވަންޏާ ތިހެންވާނީ.

  5. ކޮބާ

    ކަން ބޮޑު ވާނެކަމެއް ނެއް ތީ ރޭޕިންޑިޔާ ވިއްޔަ.. ތިތަނުގަ ކުޑަޔެއް ބޮޑެއް ނޯންނާނެ..