އެނގޭ ހެއްޔެވެ؟ މަތީގައި އެވާ ފޮޓޯއިން އެފެންނަ މީހާއަކީ 102 އަހަރުގެ މީހެކެވެ. ޤަރުނަކަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވީ ނަމަވެސް، އެއީ މެދު އުމުރުގެ އަންހެނުންނަށް ވުރެ، ޖިސްމާނީ ގޮތުން މިހާރުވެސް މާ ކުޅަދާނެ އަންހެނެކެވެ. 50 އަހަރުގެ ގިނަ އަންހެނުންނަށްވުރެ މިހާރުވެސް އޭނާ ދުވެ، ޕުޝް އަޕް ހަދާކަމަށްވެއެވެ.

މި ފިސާރި ކަނބަލުގެ ނަމަކީ އިޑާ އެވެ. ކަސްރަތުގެ ދުނިޔެއަށް އައިސް، ޖިސްމާނީ ގޮތުން ވަރުގަދަ މީހަކަށްވުމަށް އޭނާއަށް ކުރިމަތިވި ސަބަބަކީ، އުމުރުން 67 އަހަރުގައި އޭނާގެ ދެ ދަރިން މަރުވުމުންނެވެ.

އޭނާގެ އަންހެން ދަރިފުޅު އަދި އެތައް ޤައުމެއްގައި މަސައްކަތް ކޮށްފައިވާ ޓްރެކް އެންޑް ފީލްޑް ކޯޗަކާއެކު މި މަސައްކަތަށް އިޑާ ނިކުތް އިރު، މިހާތަނަށް އޭނާވަނީ އެތައް ވަރުގަދަ ރިކޯޑެއްވެސް ހަދާފައެވެ.

އިޑާ އަދި އޭނާގެ ދަރިފުޅު

އެގޮތުން އޭނާގެ އުމުރުން 92 ގައި އޭނާވަނީ 80 މީޓަރު ދުވުމުން، އެއުމުރު ފުރާއިން ރިކޯޑެއް ހަދާފައެވެ. އަދި، 95 އަހަރުގައި އޭނާވަނީ 100 މީޓަރު ދުވުމުންވެސް ރިކޯޑެއް ހަދާފައެވެ. ހަމައެހެންމެ، މި އަހަރުގެ ތެރޭގައި އޭނާވަނީ 60 މީޓަރު ދުވުމުންވެސް ރިކޯޑެއް ހަދާފައެވެ.

ރަނގަޅު ކަސްރަތުކުރުމުގެ އިތުރުން، ރަނގަޅު ކާނާ ކެއުމަށް މީހުންނަށް ބާރުއެޅުމަށްވެސް އިޑާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޑާ ބުނާގޮތުގައި ރަނގަޅު، ދުޅަހެޔޮ ދިރިއުޅުމަކަށް އެކަށީގެންވާ މިންވަރުގެ ކަސްރަތާއި ރަނގަޅު ކާނާއަކީ ކޮންމެހެންވެސް ބޭނުންވާ އެއްޗެއްސެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެރީ

    މިއަށް ކިޔަނީ ސަޅި މަޢުލޫމާތު... ޝުކުރިއްޔާ ވަގުތު

  2. މ

    އަލްހަމްދުލިއްލާހި މާޝާﷲ
    May ALLAH reward you for sharing