އުރަމަތީ ކެންސަރު ޖެހި ފަލަސްތީނުގެ ލަވަ ކިޔުންތެރިއާ ރިމް ބާނާ ނިޔާވެއްޖެއެވެ. ރިމް ބާނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2009 ވަަނަ އަހަރުއެވެ.

ފަލަސްތީނުގެ ލަވަކިޔުންތެރިޔާ، ރިމް ބާނާ އުރަމަތީގެ ކެންސަރާއި ހަނގުރާމަކުރަމުންދާތާ ނުވަ އަހަރެއްހާ ދުވަހަށް ފަހު ދުނިޔެ ދޫކޮށްފައިވާއިރު ރިމް ބާނާ މަރުވީ އުމުރުން 51 އަހަރުގައެވެ.

ރިމް ބާނާ އަކީ ފަލަސްތީނުގެ މަޝްހޫރު ޅެންވެރިޔެއް ކަމަށްވާ ޒުހައިރާ ސައްބާގްގެ އަންހެން ދަރިކަލުންނެވެ.

ރިމް ނިޔާވި ކަން ކަށަވަރުކޮށް އާއިލާގެ މެމްބަރުންވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މީސް މީޑިއާގައި ބަޔާނެއް އާއްމުކޮށްފައެވެ. ބައްނާ ވަނީ ފަލަސްތީނުގެ ހިސާރު ނައްތާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަވަތައް ކިޔާފައެވެ.

ރިމް އަކީ ލަވަކިޔުމުގެ އިތުރުން ލަވަހަދައި، އަދި މިއުޒިކްވެސް ކޮމްޕޯސްކުރާ ފަންނާނެކެވެ. ރިމް މަރުވެފައި ވަނީ އުފަން އަވަށް ކަމަށްވާ އިސްރާއީލުގެ ނެޒްރަތުގައި މަންމައާއި ބޭބެއާއި ،އަދި އޭނާގެ ތިން ކުދިންގެ ކައިރީގައި ހުއްޓައެވެ.

ރިމްގެ މަންމަ ޒުހައިރާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ ރިމްގެ އުޖާލާ ހިނިތުންވުން ބޭއްވުމަށްފަހު އޭނާ ގޮސްފި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު