ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ލޯބިވެރިޔާ ރަންވީރު ސިންގ ވަރަށް އަވަަހަށް ކައިވެނި ކުރާނެ ކަމަށް ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެ ދެ ތަރިން އެންމެ ފަހުން ފެނިގެން ދިޔަ ޕަދްމަވާތްއަށްފަަހު، އުޅެމުން ދަނީ ކުރު ޗުއްޓީއެއްގައިކަމަށް ވެއެވެ.

އެގޮތުން މިހާރު ދިޕިކާ ހުރީ އޭނާގެ އާއިލާ ކައިރިއަށް ގޮހެވެ. ދިޕިކާ ބެންގަލޫރަށް ގޮސް އާއިލާއާއެކު ވަގުތު ހޭދަ ކުރަމުންދާކަމަށް ހަބަރުތައް ބުނާއިރު، ދިޕިކާ އާއި އޭނަގެ މަންމަ އަދި ކޮއްކާއާ ތިން މީހުންވެގެން ދިޕިކާގެ ކައިވެނީގެ ހަފްލާއަށް އެއްޗެހި ގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ވެއެވެ.

އެގޮތުން މި ތިން މީހުން އެކުގައި ދިޕިކާއަށް ރަންރިހި ގަންނަން ދިޔަ ކަމަށް ވެއެވެ.

މިގޮތަށް ވާހަކަދެކެވުނުއިރު، ދިޕިކާ ބޭނުންވަނީ އޭނާގެ އާއިލާއަށާއި، ގާތް ރަހުމަތްތެރިންނަށް ހާއްސަކޮށް ބެންގަލޫރްގައިވެސް ޕާޓީއެއް ބާއްވާށެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ދިޕިކާގެ އާއިލާއިން ރަންވީރްގެ އާއިލާއެކު ވަގުތު ހޭދަކުރި ކަމަށާއި، އެ ވަގުތުތަކުގައި ބޮޑަށް ވާހަކަދެކެވިފައި ވަނީ ދެ ތަރިންގެ ކައިވެނީގެ ކަންތަކާއި ގުޅޭގޮތުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދިޕިކާ އާއި ރަންވީރް ކައިވެނި ކުރާނެ ކަމަށް ބެލެވޭ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. އަދި މި އަހަރު ޖެނުއަރީ މަސް ތެރޭގައި މި ދެ ތަރިން އެންގޭޖްވެއްޖެކަމަށްވެސް ދެކެވުނު ވާހަކަތައްވެސް ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު