ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އާއި ދޭތެރޭ ހިތުގައި އުފެދިފައި ހުރި އިހްސާސްތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭރުކޮށްލައިފިއެވެ.

ރަސްމީ ދަތުރެއްގައި ޓްރަމްޕް އިނގިރޭސިވިލާތައް މިހަފްތާގައި ކުރަން ހަމަޖެހިފައިވާ ދަތުރާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ "މޭގަން އަކީ އެހައި ގޮތެއްފޮތެއް ނެތް މީހެއް ކަން ކުރިން ހިއެއް ނުކުރަން" ކަމަށެވެ.

ޓްރަމްޕް މޭގަން ދެކެ ރުޅިއައިސްފައި ހުރީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް އިންތިޚާބު ވުމުން މޭގަން ޓްރަމްޕް އާއި ދެކޮޅަށް ވާހަކަ ދައްކާފައި ވާތީއެވެ.

މޭގަން ޓްރަމްޕް އަށް ފާޑުކީ މައްސަލައިގައި އަދިވެސް ޓްރަމްޕްގެ ހިތުގައި މޭގަން އާއި ދޭތެރޭ ނަފްރަތު އުފެދިފައި ވީނަމަވެސް ޓްރަމްޕް ބުނީ މޭގަންގެ "އަޙުލާޤާއި އުޅުން މިހާރު ރަނގަޅުވާނެ" ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެއީ މޭގަން އަށް މިހާރު ދަރިއަކު ވެސް ލިބިފައި ވާތީ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިނގިރޭސިވިލާތައް ކުރާ ދަތުރުގައި މޭގަން ޓްރަމްޕް އާއި ބައްދަލު ނުކުރާނެ ކަމަށް އަޑުފެތުރިފައި ވާތީ ޓްރަމްޕް އާއި ސުވާލު ކުރުމުން އޭނާ ބުނީ ޝާހީ އާއިލާ މެންބަރުންނާއި އެކު އޭނާ ބާއްވާ ބައްދަލުވުމުގައި މޭގަން ބައިވެރި ނުވާކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. ރާނީގެ އިތުރުން ޕްރިންސް ޗާލްސް އާއި ޕްރިންސް ހެރީ ވެސް ޓްރަމްޕް އާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި މޭގަން ތާއިދު ކުރީ ހިލަރީ ކްލިންޓަނަށެވެ. މޭގަން އޭރު ބުނެފައި ވަނީ "ޓްރަމްޕް ކުލަ ޖައްސާ ދުނިޔެއްގައި އުޅެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ" ކަމަށެވެ. މޭގަން އަކީ އެމެރިކާގެ މަޝްހޫރު ފިލްމީތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ތަޞައްރަފް ނުފުދޭ މޮޔަ ރައީސެއް.

    44
    1
    • އެނޮނިމަސް

      ހޫނ ވަރަށް ތަސައްރަފު ފުދޭ ބަޔަކު ވެރިކަމުގައި ތިބި ގައުމެއް ވިއްޔާ މީ! ދިވެހިންނެކޭ އެމެރިކާ މީހުންނެކޭ ވެރިންހޮވުމުގައި ހުންނަ މޮޔަކަމުގައި ތަފާތެއް ނެތް.

      12
      1
  2. ލައްޓި

    މިރާއްޖޭވައިވެސް ތީގެ ތަސައްރަފު ނުފުދޭ ސިޔާޔާސީ 2 މޮޔައިން އުޅޭ.

    33
    2
    • ވެލާ

      ޔާމީން އާއި އުމަރު

      8
      17
  3. ކަންނެލި

    ނަޝީދު އާއި މައުމޫނު

    8
    3
  4. Anonymous

    ޓްރަމްޕް = ނަޝީދު